logoEN
ޚަބަރު

ޤައިދީންނަށްވެސް މިހާރު ކަފާލާތަށް އެދެވޭނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ޑިސެމްބަރު 2024 - 14:14

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް އަދި ހުކުމެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ އުސޫލު ގާނޫނުގައި ތަފްސީލްކޮށް ފުރަތަމަ ފަހަރަށް ހިމަނައި މިއަދު އަމަލު ކުރަން ފަށައިފިއެވެ.

މި ބިލަކީ، މި މަހުގެ 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.މި ބިލުގެ ދަށުން، މިހާރު ތަންފީޛުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިޞްލާޙުކުރުމާއެކު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، ކުށް ސާބިތުވާކަމުގެ ޙުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ގުޅޭ އިޞްލާޙުތައް ހިމަނައިފައިވާކަން ފާހަގަކުރެވެއެވެ.

އަދި މި ބިލުން، ސައިބަރސްޕޭސްގައި ކުށްތައް ކުރާ ފަރާތްތަކުން ޓެކްނޯލޮޖީ މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްތަކާއި، އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި، އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ، އެފަދަ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

ބަންދުގައި ތިބޭ މީހުން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ކަމަށް މީގެ ކުރިން އޮތް ނަމަވެސް ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭނެ ތަފްސީލީ އުސޫލުތަކެއް ކުރިން ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަފާލާތުގެ ހައްގު ހޯދަން ހައްޔަރު ކުރެވޭ މީހުންނަށް ވަރަށް ދަތިވެއެވެ. އަދި އާއްމު ގޮތެއްގައި ކަފާލާތުގެ ދަށުން މީހުން ބަންދުން ދުލެއް ވެސް ނުކުރެއެވެ.

ކޮމެންޓް

871x217_placeholder