logo
ޚަބަރު

އެހީއަށް އެދުނު 9 ފަހަރުވެސް އެހީވި، އެންސްޕާއާއި ގުޅުވައި ފަތުރަނީ ދޮގެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޑިސެމްބަރު 2024 - 04:17
އެހީއަށް އެދުނު 9 ފަހަރުވެސް އެހީވި، އެންސްޕާއާއި ގުޅުވައި ފަތުރަނީ ދޮގެއް

ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން އެހީ ހަމަޖައްސައި ނުދިންކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް އެ އޭޖެންސީން ސާފުކޮށްދީފިއެވެ.

ކެންސަރަށް ފަރުވާ ފަރާތަކަށް އެންސްޕާއިން އެހީ ހަމަޖައްސައިނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެއް ފަތުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވާހަކަތައް ދޮގުކޮށް ހަގީގަތް ހާމަކޮށްދިނުމަށް އެންސްޕާއިން ނެރުނުބަޔާނުގައި ބުނީ، އެހީއަށް އެދުނު ފަރާތުން، އެކަމަށް އެދި ހުށަހެޅި ކޮންމެ ފަހަރަކުވެސް އެހީ ހަމަޖައްސާދީފައިވާނެކަމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ހޯދަމުންދާ މީހާ އާސަންދަ އަދި ވެލްފެއަރ އެހީއަށް އެދި ހުށައެޅީ 9 ފަހަރުކަމަށާއި އެ ހުރިހާ ފަހަރަކުވެސް އެހީ ހަމަޖައްސާދިންކަމަށެވެ.

އެ މީހާ އެހީއަށް ފުރަތަމަ ފަހަރަށް ހުށައަޅާފައިވަނީ 2023 ވަނަ އަހަރުކަމަށާއި، އަދި އެންމެފަހުން އެހީ ހަމަޖައްސާދީފައިވަނީ މިދިޔަމަހުކަމަށް ވެސް އެންސްޕާއިން ބުނެފަވެއެވެ. އަދި އެހީއަށް އެދުނު ފަހަރުތަކުގައި ވެލްފެއަރ ކޭސްގެ ދަށުން ފައިސާ ހަމަޖައްސައިދިނުމުގެ އިތުރުން ޓިކެޓް ފައިސާވެސް ހަމަޖައްސައިދިންކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެންސްޕާއިން ހާމަކުރި މައުލޫމާތަށް ބަލާއިރު، އެމީހާ އަމިއްލައަށް ނެގި ޓިކެޓުގެ ރިއިމްބާސްމަންޓުގެ ގޮތުގައި ދެވުނު ފައިސާ ފިޔަވައި ކޮންމެ ފަހަރަކުވެސް ފައިސާގެ އެހީގެ ގޮތުގައި 200 ޑޮލަރާއި 250 ޑޮލަރަށްވާ ދިވެހި ރުފިޔާ ދީފަވެއެވެ.

ކުރީ ސަރުކާރުކާރުގައި ބަލިމީހާއަށް އެހީގެ ގޮތުގައި 1000 ޑޮލަރު ދިންކަމަށް ބުނުމުގެ ސަބަބުން އެންސްޕާއިން އެކަމާބެހޭގޮތުން އޮޅުން ފިލުވުމުން ކޭސް އަވަސްކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމަށް ހުންނެވި އިސްބޭފުޅާއަށް ގުޅުމުން އެކަން ހަމަޖައްސާދީ، ފައިސާ ލިބުނުކަމަށް ގަނޑެއްގައި ސޮއިކުރިކަމަށް އެމީހާ އެއްބަސްވެފައިވާކަމަށް އެންސްޕާއިން ބުނެއެވެ. ނަމަވެސް އޭރު ދިންކަމަށް ބުނާ 1000 ޑޮލަރު ދީފައިވާކަަން އެއްވެސް ލިޔުމަކުން އަދި ސިސްޓަމަކުންވެސް ފެންނާކަށް ނެތްކަމަށްވެސް އެންސްޕާގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެއްވެސް ލިޔެލިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާކަމަށްވާނަމަ އެއީ އެހީ ހަމަޖައްސައިދެވޭ އުޞޫލާއި މިންގަނޑުތަކާ ޚިލާފުކަމެއްކަންވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިޚަބަރު | 9 ގަޑިއިރު ކުރިންއެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިން