ކުރީ ސަރުކާރުން ބައެއް ޖަލުތައް ހުސްކުރީ ރަނގަޅު އުޞޫލެއް ނެތި
3 ޑިސެމްބަރު 2024 - 16:46

މިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ޖަލުތަކުގައި ޤައިދީން ތިބީ، އޯވަރ ކެޕޭސިޓީއެއްގައި ނުވަތަ އެތަންތަނަށް އެކަށީގެންވާ ޢަދަދަށްވުރެ ގިނައިންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ސްކޫލަކާ އިންވެގެން ޖަލެއްހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެހެންކަމުން މި ސަރުކާރު ވެރިކަމާ ހަވާލުވެ މާލޭ ޖަލު ބަންދުކުރީ ކަމަށެވެ. އަދި އޭގެ ސަބަބުން އެތަނުގައި ތިބި ޤައިދީން އެކި ޖަލުތަކަށް ބަދަލުކުރަން ޖެހުނުކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ދޫނިދޫގައިހުރި 150 މީހުންގެ ޖާގައިގެ ރިމާންޑު ޖަލެއްވެސް ތަޅާލާފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތަށް ޢަމަލުކޮށްފައިވުމުން ޖަލުތައް ހިންގަމުންދަނީ އޯވަރ ކެޕޭސިޓީއެއްގައިކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ މިދިޔަ ސަރުކާރުން ދަރުމަވަންތަ ސްކޫލް އެޅުމަށް ނިންމެވީ، 300 ޤައިދީން ތިބި މާލޭ ޖަލާ އިންވެގެން އޮތް ބިމުގައިކަމަށެވެ. މިކަމާއި ގުޅިގެން އެ ޖަލު ވަރަށް އަވަސް މުއަދަތެއްގައި ހުސްކުރަން ޖެހުނުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، މާލޭ ޖަލު އޭރު ހުސްކުރަން ނިންމާފައިވަނީ އެތަނުގައި ތިބި ޤައިދީން ބޭތިއްބުމަށް މާފުށީ ޖަލުގައި 100 މީހުންގެ ޖާގައިގެ ގޮޅިތަކެއް މާފުށީ ޖަލުގައި ހެދުމަށްކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރު ދަރުމަވަންތަ ސްކޫލް ހުޅުވިއިރުވެސް، އެ ގޮޅިތަކުގެ މަސައްކަތް ނިމިފައިނުވާކަން ޒަރީރު ފާހަގަކުރެއްވިއެވެ.


