ސައުތް ސެންޓްރަލް ޕޮލިސް ރީޖަނަލް ކޮމާންޑަރ ކަޕްގެ ޗެންޕިއަންކަން މ ޕޮލިސް ހޯދައިފި
ރީޖަނަލް ކޮމާންޑަރސް ގެ ޗެންޕިއަން މ ޕޮލިސް. ފޮޓޯ: ދާލު ބްލޫސް
04 ޑިސެމްބަރު 2024 - 03:56
ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން މ ޕޮލިސް ހޯދައިފިއެވެ. ކުޑަހުވަދޫ ޕޮލިސް ފުޓްސަލް ގްރައުންޑްގައި ނޮވެމްބަރު މަހުގެ 23 ގައި ފެށި މިމުބާރާތުގެ ޗެންޕިއަންކަން މ ޕޮލިސް ހޯދީ ފައިނަލުގައި ތ ޕޮލިސްއާއި ވާދާކޮށް 1-0 އިންނެވެ.
މި މުބާރާތުގެ ފައިނަލަށް ތ ޕޮލިސް ދަތުރުކުރީ ލީގު ބުރުގައި ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. އަދި މ ޕޮލިސް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ 3 ވަނަ ހޯދައިގެން 2 ވަނައަށް ދިޔަ ފ ސެމީގައި ބަލިކޮށްގެންނެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން. ކ.ވ؛ އަޙްމަދު އުންވާން | ޒާހިރު | ނިހާން ޝަރީފު | މުޙައްމަދު ޝާހު | މުޙައްމަދު ޚަލީލް. ފޮޓޯ: ދާލު ބްލޫސް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މުޙައްމަދު ޝާހު( މ ޕޮލިސް). ފޮޓޯ: ދާލު ބްލޫސް
ފައިނަލްމެޗުގެ ގޯލް ޖަހާފައިވަނީ މ ޕޮލިސްގެ ޖޯޒީ ނަންބަރު 8 ނިހާން ޝަރީފުއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މ ޕޮލިސްގެ މުޙައްމަދު ޝާހު އެވެ. މުބާރާތުގެ އިތުރު ވަނަތަކަށް ބަލާއިރު އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ މ ޕޮލިސްގެ ނިހާން ޝަރީފު އާއި މުޙައްމަދު ސާހު ގެ އިތުރުން ތ ޕޮލިސްގެ އަހުމަދު އުންވާން އާއި ޒާހިރު އަދި ފ ޕޮލިސްގެ މުޙައްމަދު ޚަލީލުއެވެ.
މުބާރާތުގެ ޓޮޕް ސްކޯރަރ (ކ): މުޙައްމަދު ޚަލީލް (ފ ޕޮލިސް) އަދި މުބާރާތުގެ އެންމެ މޮޅު ކޯޗު (ވ): އަހުމަދު އަރީފް (މ ޕޮލިސް)
މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ 6 ގޯލާއެކު ފ ޕޮލިސްގެ މުޙައްމަދު ޚަލީލްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މ ޕޮލިސްގެ އަހްމަދު އަރީފުއެވެ.