logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ދެއްކި ޔަޤީންކަން: ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ

އަޙްމަދު ޒަލީފް
4 ޑިސެމްބަރު 2024 - 12:43
ރައީސް ދެއްކި ޔަޤީންކަން: ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ

ސަރުކާރުން މަސައްކަތްކުރައްވާނީ މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭ ގޮތަށް ކަމަށާއި، ކެޔޮޅުންގެ ހުރިހާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކެޔޮޅުންނާއި ބޭއްވެވި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކޮށްފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލިއެވެ. އެގޮތުން، މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް، ކެއުޅުން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަންވެސް ކެޔޮޅުން ޙިއްޞާކުރިއެވެ. އަދި މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލައިފިޚަބަރު | 4 ގަޑިއިރު ކުރިންވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 12 ދުވަސް ކުރިންމިދިޔަ ހަފުތާގައި މަސްވެރިންނަށް 6.3 މިލިޔަން ރުފިޔާ ދޫކުރި ޚަބަރު | 3 މަސް ކުރިންކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | 3 މަސް ކުރިން