logo
Bank of Maldives

Bank of Maldives

ޚަބަރު

އެއް އަހަރު ތެރޭގައި ރެކޯޑު އަދަދަކަށް ޒުވާނުންނަށް ވަޒީފާ ދެވިއްޖެ

އަޙްމަދު ޒަލީފް
4 ޑިސެމްބަރު 2024 - 12:56
އެއް އަހަރު ތެރޭގައި ރެކޯޑު އަދަދަކަށް ޒުވާނުންނަށް ވަޒީފާ ދެވިއްޖެ

ފާތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 200 އަށްވުރެ ގިނަ ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެފައިވާ ކަމަަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެެއްޖެއެވެ.

އެގޮތުން ގިނަ އަދަދަކަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމްތައް ވެސް ހިންގަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) ގެ ތެރެއިން 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ ހިންގާފައިވާ ކަމަށާއި އޭގެ ތެރެއިން 200 އަށްވުރެ ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ވަޒީފާއަށް ޒުވާނުން ނެރުމަށްޓަކައި ތައްޔާރުވުމުގެ ޕްރޮގުރާތްމައް ޤަވާއިދުން ކުރިއަށް ގެންދާ ކަމަށާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޮޅުއަށި ޕްރޮގުރާމްތައް ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން ކަމަށާއި އެ މަސައްކަތް ކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ ކަން ވަނީ ފާހަގަކުރައްވައިފައެވެ. 

ހަމައެހެންމެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތް ކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީން ތަކެއް ވަޒީފާގެ ބާޒާރަށް ނެރުމަކީވެސް މިނިސްޓްރީގެ އެއް އަމާޒުކަމަށް ވިދާޅުވިއެވެ.

އެގޮތުން ތަމްރީނުތައް ކުރިޔަށް ގެންދަނީ މައިގަނޑު ހަ ދާއިރާއަކަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯއައިސީ ޔޫތު ކެޕިޓަލް ޕެނަލް ޑިސްކަޝަންއެއްގައި ޔޫތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި ޚަބަރު | 2 މަސް ކުރިންޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދެނީ ޚަބަރު | 7 މަސް ކުރިންއެއް އަހަރު ތެރޭގައި ރެކޯޑު އަދަދަކަށް ޒުވާނުންނަށް ވަޒީފާ ދެވިއްޖެ ޚަބަރު | 9 މަސް ކުރިން