ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދެނީ
3 ފެބްރުއަރީ 2025 - 12:33

މި އަހަރުވެސް ޖަމިއްޔާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބުނެފިއެވެ.
ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އިޖުތިމާއީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގާ އެކި އެކި މަޝްރޫޢުތަކަށެވެ. މި ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން ޖަމިއްޔާތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ވަނީ 15 ޖަމިއްޔާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަލީ ޝަކީލް ވިދާޅުވީ ޖަމިއްޔާތަކަށް ފައިސާ ދިނުމުގެ އުޞޫލުގެ ދަށުން ގްރާންޓް ދޭނީ އެ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށްކަމަށެވެ.
މިއަހަރުގެ ގްރާންޓަށް އެދުމުގެ ފުރުޞަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެކަމަށާއި އަދި ގްރާންޓަށް ހުޅުވާލާއިރު މިފަހަރުގެ އުޞޫލަށް ބައެއް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށާއި ގެންނަ ބަދަލަކީ ރަނގަޅު ބަދަލަކަށް ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
