logo
E-Platinum
ކުޅިވަރު

ސްޕެނިޝް ލަލީގާ: އެމްބާއްޕޭ ބާސެލޯނާ ހެއްވާލައިފި

އަބްދުﷲ ޣާނިމް
5 ޑިސެމްބަރު 2024 - 03:17
އެމްބާއްޕޭ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕެނަލްޓީ މިސްކޮށްލާފައި. . ފޮޓޯ: ފަބްރީޒިއޯ
އެމްބާއްޕޭ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕެނަލްޓީ މިސްކޮށްލާފައި. . ފޮޓޯ: ފަބްރީޒިއޯ

ސްޕްނިޝް ލަލީގާގައި ރޭގައި އެތްލެޓިކް ކުލަބާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނުމެޗުގައި އެމްބާއްޕޭ ގެ ޕެނަލްޓީ ނާކާމިޔާބުވުމާއެކު ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ. ރޭގެ މެޗުން ރެއާލް ބަލިވީ 1-2 އިންނެވެ.

އެތްލެޓިކް ކުލަބުގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދިހަމަ ކުޅުމުކެވެ. އެގޮތުން ފުރަތަމަ ގޯލުޖަހައި ލީޑުނެގީ ދެވަނަހާފުގައި އެތްލެޓިކް ކުލަބުންނެވެ. މިގޯލު ކާމިޔާބުކޮށްދިނީ 53 ވަނަ މިނެޓުގައި ސްޕެއިންގެ ފޯވާޑު ބެރެންގާއެވެ. ނަމަވެސް 68 ވަނަ މިނެޓުގައި އެތްލެޓިކް ކުލަބުގެ ކީޕަރު ރެއާލް ގެ ޑިފެންޑަރު ރޫޑިގާ އަށް ކުރި ފައުލަކާއިގުޅިގެން ލިބުނު ޕެނަލްޓީ، އެމްބާއްޕޭވަނީ ކީޕަރުގެ އަތަށް ޖަހާ ފުރުސަތު ގެއްލުވާލާފައެވެ. މިއީ އެމްބާޕޭ ޖެހިޖެހިގެން ޕެނަލްޓީއެއް މިސްކޮށްލި ދެވަނަމެޗެވެ. އެގޮތުން އެންމެފަހުން ޗެންޕިއަންސް ލީގުގައި ލިވަޕޫލާއި ދެކޮޅަށްޖެހި ޕެނަލްޓީވެސް އެމްބާއްޕޭ ވަނީ މިސްކޮށްލާފައެވެ.

ރޭގެ ރެއާލްގެ ގޯލުޖަހައި މެޗުގެ ނަތީޖާ ހަމަކޮށްދިނީ 78 ވަނަ މިނެޓުގައި ބެލިންގްހަމްއެވެ. ނަމަވެސް އޭގެ 2 މިނެޓުފަހުން އަނެއްކާވެސް އެތްލެޓިކް ކުލަބުގެ ގޮރްކާ ގުރުޒެޓާ ވަނީ އެތްލެޓިކޯ އަށް ގޯލުޖަހައިދީ އެޓީމު މޮޅުކޮށްދީފައެވެ.

ރޭގެ ބަލިވުމާއެކު 2 މެޗުން މޮޅުވެ އަމިއްލަ ބާރުގައި ބާސެލޯނާއަށްވުރެ ޕޮއިންޓް ތާވަލުގައި ކުރިޔަށް އެރުމަށް ރެއާލް އަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ. އަދި މިނަތީޖާއާއެކު ބާސެލޯނާގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވަނީ ހިނިތުންވުން ގެނުވާފައެވެ.   

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެގެން އަތުން ކެޕްޓަން ބޭންޑް އަތުލަން ބާސާއިން ނިންމައިފިކުޅިވަރު | 4 ދުވަސް ކުރިންބާސާގެ ސްކޮޑުން އުނިކުރުމަށް ސްޓެގެން ދެކޮޅުހެދުމާއެކު، ރަޝްފޯޑާއި ގާސިއާ ރެޖިސްޓްރީ ކުރުމުގައި އިތުރު މައްސަލަތަކެއް ކުޅިވަރު | 4 ދުވަސް ކުރިންރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 5 ދުވަސް ކުރިންލޯން އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސާއަށް ސޮއިކޮށްފިކުޅިވަރު | 5 ދުވަސް ކުރިން