logo
E-Platinum
ޚަބަރު

ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

ސުދާ ލަތީފް
5 ޑިސެމްބަރު 2024 - 05:21
ދެ ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން
ދެ ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން

މެންޗެސްޓަރ ސިޓީ ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހަތް މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިގައި ގަޑިއޯލާ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޓީމުން ފުރުސަތު ދީފައިނުވާ އެ ޓީމުގެ ކެޕްޓަން ކެވިން ޑެބްރޫނިއާ ހިމަނާފަ އެވެ.

 މެޗުގެ 8 ވަނަ މިނިޓުގައި ބާނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. މި މެޗުގައި މެންޗެސްޓަރ ސިޓީގެ ފަރާތުް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އަދި މެޗުގެ 31 ވަނަ މިނިޓުގައި ކެވިން ޑެބްރޫނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޑެބްރޫނިއާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި 3 ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ.


މިދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެންޗެސްޓަރ ސިޓީ ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން މެންޗެސްޓަރ ސިޓީއަށް ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 14 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | ގަޑިއިރެއް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 14 ދުވަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 16 ދުވަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 2 މަސް ކުރިން