logo
ޚަބަރު

ރާއްޖެ ވަކި ސަރަހައްދުތަކަށްކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމަށް ދިގު ރާސްތާ ޕްލޭނެއް!

އާމިނަތު ޝަފާ
1 ޑިސެމްބަރު 2024 - 07:02
މިނިސްޓަރ ރާފިއު
މިނިސްޓަރ ރާފިއު

ދިވެހިރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލައިފި އެވެ.

ސްޓެލްކޯގެ ސެމިނާ ހޯލުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭން ހުށަހަޅައިދެއްވީ މި މަސައްކަތްކުރަމުން އަންނަ އެމެރިކާގެ ދެ ތަޖުރިބާކާރުންކަމަށްވާ ސްޓީވް ރޯޝް އާއި މެތިއު ޖޭ. ރޮބިންސަން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓީވް އަދި މެތިއު އަކީ ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ކުޅިވަރުގެ ތަޖުރިބާކާރުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، އެކަޑެމީ އަދި ކުލަބު ޖަމިއްޔާތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ ފުރަތަމަ ޑްރާފްޓްވެސް މިދިޔަ ފެބްރުއަރީ މަހު ތައްޔާރުކުރި އެވެ.

އިއްޔެ ހުށަހެޅި ދިގު ރާސްތާ ޕްލޭންގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ މައިގަނޑު ތިން ސަރަހައްދަކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމެވެ. އަދި ރަށް ރަށާއި، އެ ޒޯންތަކުގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއިއެކު ކުޅިވަރު ކުރިއެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

ޖުމްލަ 20 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްލޭންގެ ކަންކަން ތަންފީޒުކުރާނީ ހަތަރު ފޭސް އަކަށް ބަހާލައިގެންނެވެ. މި ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030 އަދި 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޕޯޑިއަމް ފިނިޝިން ނުވަތަ މެޑެއްޔެއް ހޯދުމެވެ. އަދި 2036 ވަނަ އަހަރާއި 2040 ވަނަ އަހަރުގެ އޮލިމްޕިކްސްއިން ދިވެހި އެތުލީޓުން މެޑެލް ހޯދުމެވެ.

އިއްޔެ ހުށަހެޅި ހުށަހެޅުންތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު ދެ ދުވަހުގެ ވޯކްޝޮޕެއްވެސް ކުރިއަށްދާނެ އެވެ. މި ވޯކްޝޮޕްގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް، ސްޕޯޓްސް ކައުންސިލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ސިޓީ ކައުންސިލްތައް، ހެލްތު މިނިސްޓްރީގެ އިތުރުން ތަޢުލީމީ ވުޒާރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | 2 މަސް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 2 މަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 3 މަސް ކުރިން