logo
MPL

MPL

ޚަބަރު

ދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޮކްޓޯބަރު 2026 - 09:18
ދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށް

ރާއްޖޭގެ އެކި ހިސާބުތަކުގައި 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 8 ރަށެއްގެ ސެންޓަރުގެ މަސައްކަތް މިހާރު އެއްކޮށް ނިމި، އެ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުޅަހެޔޮ އަދި ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރުމަކީ މުހިންމު އަމާޒެކެވެ. އެގޮތުން މިހާތަނަށް އަމަލީ މަސައްކަތް ނުފެށި ހުރި ރަށްތަކުގައިވެސް މިއަހަރު ނިމުމުގެ ކުރިން މަސައްކަތްތައް ފެށުމަށްޓަކައި ވުޒާރާއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދުރުރާސްތާ އަމާޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، "އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން،" ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުތައް ގިނަ ނަމަވެސް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ފުރިހަމަކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން، ކުދި ރަށްރަށާއި ބޮޑެތި ރަށްރަށް ތަފާތުކުރުމެއް ނެތި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މީގެ ކުރިން އެކަށީގެންވާ ސަމާލުކަމެއް ލިބިފައިނުވާ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްޚަބަރު | ގަޑިއިރެއް ކުރިންރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އިސްކަންދެން: ރާފިއުޚަބަރު | 5 ގަޑިއިރު ކުރިންހުޅުމާލެ ޓްރެކް ހަލާކުވެއްޖެ؛ ވޯލްޑް އެތުލެޓިކްސް ފެންވަރަށް އައު ޓްރެކެއް އަޅަނީޚަބަރު | 21 ދުވަސް ކުރިންޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ ފުރިހަމަކަމާއެކު: ވަޒީރު ރާފިއުޚަބަރު | މަހެއް ކުރިން