ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އިސްކަންދެން: ރާފިއު
19 އޮކްޓޯބަރު 2026 - 05:41

ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކެމެއް ދެމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ހުނަރުތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ސަރަހައްދަކުން ލިބޭ ވަޒީފާތަކަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތައް މިނިސްޓްރީން ހިންގަމުން އަންނަ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ރާފިއު ވިދާޅުވީ މިނިސްޓްރީން ހިންގި ތަފާތު ތަމްރީނު ޕްރޮގްރާމްތަކުން ތަމްރީނުވި ކުދިން ރަށުގައި އަމިއްލަ މަސައްކަތްތައް ފަށައިގެން ނަފާ ހޯދަމުން އަންނަ ކަމަށާއި އަދި ކައިރި ރިސޯޓްތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކުޅިވަރުގެ ރޮނގަށް އަލިއަޅުއްވާ ލައްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރެފްރީންނާއި އޮފިޝަލުން ތަމްރީނުކުރުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ސަބަބުން ރަށުފެންވަރުގަ އާއި އަތޮޅު ފެންވަރުގައި މުބާރާތްތައް ބޭއްވުމަށް މާލޭއިން ރެފްރީންނާއި އޮފިޝަލުން ނުގެންގޮސް މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ.
ޒުވާނުން ބާރުވެރި ކުރުމަށާއި ކުޅިވަރާއި ހަށިހެޔޮ ކަމަށް އެހެން މިނިސްޓްރީތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ރާފިއު ފާހަގަ ކުރެއްވެވި އެވެ.

-01.jpg&w=3840&q=75)
