logo
MPL

MPL

ޚަބަރު

މާކުރަތު ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަށަށް ފުޓުބޯޅަ ދަނޑެއް!

މަރިޔަމް މާޙީ
19 ޖޫން 2026 - 14:43
މާކުރަތު ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަށަށް ފުޓުބޯޅަ ދަނޑެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، މާކުރަތުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދަނޑު ހުޅުއްވައިދެއްވީ މިކަމަށްޓަކައި މާކުރަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މާކުރަތުގައި ހުޅުވިގެންދިޔަ މި ފުޓްސަލް ދަނޑަކީ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާއި ޒުވާނުން އެދިވަޑައިގެންނެވި ކަންކަމަށް ރިޢާޔަތްކުރައްވައި ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ސަރުކާރުން ވަނީ ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ނިންމައި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

މި ދަނޑަކީ ފެންވަރު ރަނގަޅު ޓާފް އަޅައިގެން، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްޚަބަރު | 22 ދުވަސް ކުރިންރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އިސްކަންދެން: ރާފިއުޚަބަރު | 22 ދުވަސް ކުރިންޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ ފުރިހަމަކަމާއެކު: ވަޒީރު ރާފިއުޚަބަރު | 2 މަސް ކުރިންމާކުރަތު ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަށަށް ފުޓުބޯޅަ ދަނޑެއް!ޚަބަރު | 5 މަސް ކުރިން