logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، ސިޔާސީ މަސައްކަތްތައް ކުރިއަށްދާނީ ވަރަށް ފުރިހަމަކަމާއެކު: ވަޒީރު ރާފިއު

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ސެޕްޓެމްބަރު 2026 - 18:21
ޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ  ފުރިހަމަކަމާއެކު: ވަޒީރު ރާފިއު

ޕީއެންސީގެ އާ ޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ސިޔާސީ މަސައްކަތްތައް ކުރިއަށްދާނީ ވަރަށް ފުރިހަމަކަމާއެކު ކަމަށް އެޕާޓީގެ އަލަށް އިންތިހާބުވެވަޑައިގެންނެވި ނައިބު ރައީސް އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ސެނެޓުގެ ތެރެއިން ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިހާބަށްފަހު ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ރާފިއު ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ މަގާމުތަކަށް ވާދަކުރެއްވީ ވެސް ހިދުމަތްކުރުމުގެ ޝައުގުވެރިކަން ހުރި، އެކަމަށް ގާބިލު ބޭފުޅުންނެވެ. އަދި މި ޓީމުގައި ހިމެނޭ ކޮންމެ ބޭފުޅަކީ ވެސް ޕާޓީއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާނެ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ އެންމެ މުހިންމު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމެވެ. އަދި އަލަށް އެކުލަވައިލެވުނު ޓީމާއެކު މި ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޕާޓީގެ ނައިބު ރައީސްކަމަށް އިންތިހާބުވި ހަ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ ވަޒީރު ރާފިއުއެވެ. އެމަނިކުފާނު މި މަގާމަށް އިންތިޚާބުވެވަޑައިގަތީ 968 މެންބަރުންގެ ވޯޓާއެކުގައެވެ. މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވަނީ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވައި، ޒުވާނުންގެ އުއްމީދުތަކާ އެއްގޮތަށް ޕާޓީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން، ޕާޓީގެ މެންބަރުން އެމަނިކުފާނަށް ކުރެއްވި އިތުބާރަށްޓަކައި ވަޒީރު ރާފިއު ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ ފުރިހަމަކަމާއެކު: ވަޒީރު ރާފިއުޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ މެންބަރުންގެ މަޖިލީހުން ޒުވާނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އަންހެނުންގެ 10 ގޮނޑިއަށް މެމްބަރުން އިންތިހާބުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން