logo
Bank of Maldives

Bank of Maldives

ޚަބަރު

ހަރަދު ކުޑަކުރަން ފަސްކުރި ސްޕޯޓްސް އެވޯޑު މި މަހު 17 ގައި ބާއްވަނީ

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2024 - 12:05
ސްޕޯޓްސް އެވޯޑު މި މަހު 17 ގައި ބާއްވަންވަނީ ނިންމާފައި
ސްޕޯޓްސް އެވޯޑު މި މަހު 17 ގައި ބާއްވަންވަނީ ނިންމާފައި

ދައުލަތުގެ ހަރަދު ކުޑަކުރަން ނިންމި ނިންމުމާއެކު ފަސްކުރި ސްޕޯޓްސް އެވޯޑު މި މަހު 17 ގައި ބާއްވަން ނިންމާފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސްޕޯޓްސް އެވޯޑް ހަފްލާ ފަސްކުރި ސަބަބެއްކަމަށް މީގެކުރިން މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ ހަރަދުކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަހު 17 ގައި ބާއްވާ ސްޕޯޓްސް އެވޯޑަސް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު އެވޯޑުތަކަށް ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައްވެސް މިހާރު އަންނަނީ އިއުލާނުކުރަމުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެއެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ސްޕޯޓްސް އެވޯޑު ދޭންފެށީ 2022 ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ކުޅިވަރު އައު އުސްމިނަކަށް ގެންދިޔުމަށް ވަަން ގޭމްގެ ފަހި ދަތުރު: ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށްރިޕޯޓް | މަހެއް ކުރިންސަޕޯޓުކުރަންވީ ހަމައެކަނި ސީނިއަރ ޓީމަށް ހެއްޔެވެ؟ރިޕޯޓް | 2 މަސް ކުރިންރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި ޚަބަރު | 3 މަސް ކުރިންއަލީ އާރިފްގެ ވަރުގަދަ ސުވާލެއް : އުމައިރު ނޮމިނޭޓްވުމުގެ ކުށަކަށްވަނީ އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ؟ ޚަބަރު | 3 މަސް ކުރިން