logo
Bank of Maldives

Bank of Maldives

ޚަބަރު

އަލީ އާރިފްގެ ވަރުގަދަ ސުވާލެއް : އުމައިރު ނޮމިނޭޓްވުމުގެ ކުށަކަށްވަނީ އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ؟

އައިޝަތު ނަޝާ
14 ފެބްރުއަރީ 2026 - 16:16
އަލީ އާރިފްގެ ވަރުގަދަ ސުވާލެއް : އުމައިރު ނޮމިނޭޓްވުމުގެ ކުށަކަށްވަނީ އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ؟

ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓްވުމުގެ ކުށަކަށްވަނީ އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސުވާލު ކުރައްވައިފިއެވެ.

އަލީ އާރިފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގައި ތިބި ހުނަރުވެރި ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމާއި ސިޔާސީ މިނިވަންކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލީ އާރިފް އެގޮތަށް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރުގެ ނަން ނޮމިނޭޓުކުރުމުން އެކަން ސިޔާސީ ކަމަކަށް ހަދައި، މީސް މީޑިއާގައި ބަޔަކު ފާޑު ކިއަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަލީ އާރިފު ފާހަގަކުރެއްވި ގޮތުގައި އުމައިރާއެކު ނޮމިނޭޓުވި އަނެއް ހަތަރު ކުދިންނަކީ ސިޔާސީ ބޭފުޅުންގެ ކުދިންނެވެ. އެއީ އުމައިރު ފަދައިން އެ ކުދިން ވެސް ނޮމިނޭޓުވީމަ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.

މީގެއިތުރުން އުމައިރު މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ އޭނާ އެންމެ ކުޑައިރުން ފެށިގެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވަނީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެކަންކަން ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެއެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އަގުވަޒަން ކުރުމުގެ އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި!ޚަބަރު | 3 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި ޚަބަރު | 2 މަސް ކުރިންއަލީ އާރިފްގެ ވަރުގަދަ ސުވާލެއް : އުމައިރު ނޮމިނޭޓްވުމުގެ ކުށަކަށްވަނީ އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ؟ ޚަބަރު | 2 މަސް ކުރިން ރައްޔިތުންގެ ގާތަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް: ޢަލީ އާރިފްޚަބަރު | 2 މަސް ކުރިން