ރައީސް އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި!
އައިޝަތު ނަޝާ
13 އޭޕްރީލު 2026 - 09:55

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުން ފެންވަރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޢަލީ އާރިފް ހިމެނި ވަޑައިގަންނަވައެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މެންދުރު ޓީވީއަށް ކަށަވަރު ކޮށްދެއްވާަފައެވެ. އާރިފް އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ. .

Ad by Hajj Corporation
އަލީ އާރިފްއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

.gif&w=1920&q=75)
