ފަލާހަކީ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫން: ޢަލީ އާރިފް
31 އޯގަސްޓު 2025 - 18:38

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހަކީ އެއްވެސް މީހަކަށް ގެއްލުމެއް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫންކަމަށް ރައީސް އޮފީހުގެ ވަޒީރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.
އިޖްތިމާޢީ މީޑިއާ މަންސައިގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ އާރިފް ވިދާޅުވެފައިވަނީ، ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާ ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޢަލީ އާރިފް ވިދާޅުވެފައިވަނީ، ފަލާހުގެ ވާހަކަފުޅުތަކުގެ ކޮންޓެކްސްޓުން ބޭރުން ކިތަންމެ މާނައެއް ވެސް ނެރެވިދާނެ ކަމަށެވެ.
"ނޫސްވެރިކަމުގެ ގަލަމަކީ ހަތިޔާރެކޭ ބުނާ އަޑު އަހަން. ހަތިޔާރަށް ރައްކާތެރި ވާންޖެހޭނެ" ޢަލީ އާރިފް ވިދާޅުވެފައިވެއެވެ.
ޢަލީ އާރިފް މިފަދައިން ވިދާޅުވެފައިވާއިރު، ފަލާހް ދެއްކެވި ވާހަކައިގެ ތަންކޮޅެއް ނަގައިގެން އިދިކޮޅުން އިސްވެ ފިތުނަ އުފައްދަން މަސައްކަތްކުރަމުން އަންނަކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ފަލާހްގެ މުޅި ވާހަކަ އަޑު އަހާލުމުން ހަގީގަތް ހާމަވާނެކަމަށް ވެސް އަންނަނީ ބުނަމުންނެވެ.


