ރައްޔިތުންގެ ގާތަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް މުޢިއްޒު: ޢަލީ އާރިފް
11 ފެބްރުއަރީ 2026 - 09:49

ރައްޔިތުންގެ ގާތަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.
އިޖްތިމާޢީ މީޑިއާ މަންސަ، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ އާރިފް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ވޯޓު ދިނުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ނަމަވެސް، އެހެން ބަޔަކު އެކަން ކުރޭތޯ ބަލަން ރައީސް މުޢިއްޒު މަޑުނުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ޢަލީ އާރިފް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ގެންދަވަނީ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ސީދާ ވަޑައިގަންނަވަމުންނެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި ބާއްވާ "ރައްޔިތުންގެ ދަރުބާރު" ތަކުގައި ރައީސް އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ ކުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އަދި އެކި ގިންތީގެ މީހުންގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާކަން ޢަލީ އާރިފް ފާހަގަކުރެއްވިއެވެ. ރައީސް ވަޑައިގަންނަވަނީ މަދު މީސްކޮޅެއްގެ ގާތަށް ނޫން ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާ
ރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ސިޔާސަތެއް ގެންގުޅޭއިރު، ރައީސް މުޢިއްޒު ގެންދަވަނީ އަތޮޅުތަކަށް ދަތުރުފުޅުތައް ކުރައްވައި ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އަދި މާލެ އާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވެސް ކެނޑިނޭޅި ބައްދަލުކުރަށްވައެވެ. ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނާ ސީދާ އެމަނިކުފާނު ބައްދަލުކުރަށްވައެވެ.


