logo
MPL

MPL

ޚަބަރު

ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސައުދީގެ އެހީ ހޯދަނީ

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 03:38
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު// ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު// ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެ ގައުމުގެ އެހީތެރިކަން ހޯދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

"މެންދުރު އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ވުޒާރަގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަޒީރު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރުގެ ދާއިރާއިން ދެގައުމުން އެއްބާރުލުން ދިނުމަށާއި ކުޅިވަރުގެ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރައްވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރު މަޝްރޫޢުތަކަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވަނީ ލިބިގެންގޮސްފައެވެ.

މީގެ އިތުރުން އެތުލެޓިކްސް އަދި ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑިއާގައި ބަހައްޓައިގެން ތަމްރީންވުމުގެ ފުރުސަތުވެސް މިހާރުވަނީ ފަހިވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ސަބަބުން ކުޅިވަރުން ފަހަކަށްއައިސް ރާއްޖެއިން އަންނަނީ ރަން ވަނަތަކެއް ހޯދަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ މަތިން ޕޮއިންޓް ހޯދައި، 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ގައުމީ ބެޑްމިންޓަން ޓީމަށްޚަބަރު | 21 ދުވަސް ކުރިންދުޅަހެޔޮ ޖީލަކަށް: 119 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ ބޮޑު މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްޚަބަރު | 22 ދުވަސް ކުރިންހުޅުމާލެ ޓްރެކް ހަލާކުވެއްޖެ؛ ވޯލްޑް އެތުލެޓިކްސް ފެންވަރަށް އައު ޓްރެކެއް އަޅަނީޚަބަރު | މަހެއް ކުރިންޓީމުގެ ގާބިލުކަމާމެދު އެއްވެސް ޝައްކެއް ނެތް، މަސައްކަތްތައް ކުރިއަށްދާނީ ފުރިހަމަކަމާއެކު: ވަޒީރު ރާފިއުޚަބަރު | 2 މަސް ކުރިން