logo
E-Platinum
ޚަބަރު

ދުންފަތާ ދުރުވުމަށް ކުއިކް ލައިނެއް، ނަންބަރަކީ 1676

އަޙްމަދު ޒަލީފް
5 ޑިސެމްބަރު 2024 - 12:13
ދުންފަތާ ދުރުވުމަށް ކުއިކް ލައިނެއް، ނަންބަރަކީ 1676

ދުންފަތާ ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަަކައި ކުއިކް ލައިނެއް ޤާއިމްކޮށްފިއެވެ.

މި ލައިންގެ ޚިދުމަތް 24 ގަޑިއިރު ލިބޭއިރު ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1676 އެވެ.

ސެޒޭޝަންގެ ޚިދުމަތަކީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ދޭ ޚިދުމަތެކެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުއިކް ލައިންގެ ޚިދުމަތް ލިބެން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށެވެ.

، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި އެ ގާނޫނު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ބަދަލުތައް ގެންނަންވަނީ ނިންމަވާފައެވެ. މިގޮތުން ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 2 ދުވަސް ކުރިންރައްޔިތުން އެދުނު ބަދަލާއެކު މާފަރު ހެލްތް ސެންޓަރުގެ ޖާގަ އިތުރުކޮށް އަލުން ހަވާލުކޮށްފި ޚަބަރު | 3 ދުވަސް ކުރިންނަފްސާނީ ސިއްހަތުގެ ހެލްޕްލައިނަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ނަންބަރެއް ޚަބަރު | 8 ދުވަސް ކުރިން ކެންސަރަށް ރައްކާތެރިވުމަށް މާލޭގެ 5 ސުކޫލަކުން 505 ދަރިވަރަކަށް ވެކްސިން ދީފިޚަބަރު | މަހެއް ކުރިން