logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ ބާވަތްތައް އެތެރެކުރަން ސިއްހަތުގެ އިންޒާރު ޕެކޭޖް ބޭރުގައި ޗާޕްކުރަންޖެހޭ

 ދުންފަތުގެ ބާވަތްތައް އެތެރެކުރަން ސިއްހަތުގެ އިންޒާރު ޕެކޭޖް ބޭރުގައި ޗާޕްކުރަންޖެހޭ

ދުންފަތުގެ ބާވަތްތައް އެތެރެކުރަން، ސިއްހަތުގެ އިންޒާރު ޕެކޭޖް ބޭރުގައި ޗާޕްކުރަންޖެހޭ ކަމަށް  ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފިއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓްސް ފޮރ ހެލްތު ވޯރނިންގ"ގެ ފުރަތަމަ އިޞްލާޙް 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓް ކޮށްފައެވެ. . މި އުޞޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނޭ ކަން ވަނީ އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ޞިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންނެވެ. މިގޮތަށް ޢަމަލު ކުރަން ފަށާ ތާރީޚަކީ 2026 ޖަނަވަރީ 28 އެވެ.

އެ ތާރީޚަށްފަހުގައި މި އުޞޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކްޓްކޮށް ލޭބަލް ކޮށްފައިވާ ނަމަ، ޤާނޫނާއި ޤަވާޢިދުގެ މަތީން ޢަމަލު ކުރެވޭނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯއްދެވުމަކީ އެމަނިކުފާނުގެ ޢަޒުމެއްކަމުގައި ތަކުރާރުކުރައްވައި، ބަހާއި ޢަމަލުންވެސް އެމަނިކުފާނު ގެންދަވަނީ އެކަން ދައްކަވަމުންނެވެ. އެގޮތުން، 21 މޭ 2025 ގައި އެމަނިކުފާނު ވަނީ، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވާފައެވެ. މިއާއެކު މިއަހަރުގެ ނޮވެންބަރު މަހު މި ބިލަށް ޢަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ރާއްޖޭގައި ތަންފީޒުކުރަން ފަށާނެއެވެ.

މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީވެސް މި މަޤްޞަދުގައި ޤާނޫނީ ބާރު ލިބިދީގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެނެރޭޝަނަލް ބޭން: ފަސްޓްލޭޑީ ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްޚަބަރު | 2 ދުވަސް ކުރިންޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށްޚަބަރު | 2 ދުވަސް ކުރިންދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފިޚަބަރު | 2 ދުވަސް ކުރިންމިއީ ރާއްޖޭގެ އެތުލީޓުންނަށްވެސް، ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް: ވަޒީރު ރާފިޢުޚަބަރު | 2 ދުވަސް ކުރިން