logo
Bank of Maldives

Bank of Maldives

ޚަބަރު

ޖެނެރޭޝަނަލް ބޭން: ފަސްޓްލޭޑީ ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށް

އިސްމާޢިލް ރާތިޢު
1 ނޮވެމްބަރު 2025 - 06:29
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

މިއަދު ތަންފީޒުކުރަން ފެށިގެންދިޔަ "ޖެނެރޭޝަނަލް ޓޮބޭކޯ ބޭން" އަކީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމެންޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަާޖިދާ މުޙައްމަދު ސިފަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މި ބޭން ތަންފީޒުކުރަން ސަރުކާރުން އިސްނެންގެވި ކަމަށްޓަކައި ޞިއްޙީ ދާއިރާގެ އެޑްވޮކޭޓެއްގެ ހައިސިއްޔަތުން ސަރުކާރަށް ތަރުޙީބުދެއްވާ ކަމަށެވެ. އަދި މިއަދު އެޅިގެން މިދިޔަ ފިޔަވަޅަކީ ދުންފަތުން ސަލާމަތްވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެޅިގެންދިޔަ ތާރީޚީ ފިޔަވަޅެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ މިފިޔަވަޅަކީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށާއި މިއީ ދުންފަތަށް ދެވިހިފުން ހުއްޓުވުމަށާއި ބަލިތަކުން ސަލާމަތްވުމަށް އެޅިގެންދާ ހަރުދަނާ، ދިރާސީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ ޒުވާނުންނަށް ޞިއްޙަތު ރަނގަޅު، ހަރުދަނާ މުސްތަޤުބަމެއް ހޯދައިދެވޭނެ ކަމަށްވެސް ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ. އަދި މިކަމަކީ މުޅި ރާއްޖެއަށްވެސް ފަޚުރުވެރި ކަމެއްގެ ގޮތުގައި، އެކަމަނާ ސިފަކުރެއްވިއެވެ.

2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ އެއްވެސް ކުއްޖަކަށް ދުންފަތުގެ އިސްތިޢުމާލުނުކުރެވުމުގެ އިތުރުން، ދުންފަތް ގަނެ ނުވިއްކޭނެ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިޞްލާޙުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ތަޞްދީޤުކުރައްވާފައިވަނީ މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީދޫ ވޮލީބޯޅަ ކޯޓް، ފަސްޓްލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި ޚަބަރު | މަހެއް ކުރިންކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ތަރައްޤީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވާދެއްވައިފިޚަބަރު | މަހެއް ކުރިން ޤައުމަށް ތަރައްގީ ގެނެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް ހޮވިގެން: ފަސްޓް ލޭޑީޚަބަރު | މަހެއް ކުރިންކުދިންގެ ތަރުބިއްޔަތުގެ ކުރީކޮޅު ކުރިމަތިވާ ހުރަަސްތައް ނައްތާލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފިޚަބަރު | މަހެއް ކުރިން