logo
Bank of Maldives

Bank of Maldives

ޚަބަރު

ބާ އިމްތިހާނުން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެ

އަޙްމަދު ޒަލީފް
5 ޑިސެމްބަރު 2024 - 12:42
ބާ އިމްތިހާނުން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެ

ބާ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެއެވެ.

އެގޮތުން މިއަހަރުގެ އިމްތިހާނުގައި ބައިވެރިވެ ގާނޫނީ ދާއިރާ އަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ޓްރެޝްހޯލްޑް ހާސިލުކޮށް، އިމްތިހާނުން ފާސްވެފައިވަނީ 57 ޕަސެންޓް ދަރިވަރުން ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އިމްތިހާނުން އެންމެ މަތީ ދަރަޖަ 14 ފަރާތަކުން ވަނީ ހާސިލުކޮށްފަ އެވެ.

ބާ އިމްތިހާނަކީ ގާނޫނީ ފަންނު ހަރުދަނާކުރުމަށްޓަކައި، ގާނޫނީ ފަންނާ އަލަށް ގުޅޭ ފަރާތްތަކަކީ ގާނޫނީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގާބިލު ބައެއްކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ބާ ކައުންސިލުން ބާއްވާ އިމްތިހާނެކެވެ.

މިއަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލުތައް ހިމަނާފައިވާ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | ގަޑިއިރެއް ކުރިންބާ އިމްތިހާނަށް 20 އިންވިޖިލޭޓަރުން ހޯދަނީޚަބަރު | 3 މަސް ކުރިންބާ ކައުންސިލަށް ނައިބު ރައީސްއާއި އިތުރު ދެ މެމްބަރުން އިންތިހާބުކޮށްފި ޚަބަރު | 5 މަސް ކުރިން ބާ ކައުންސިލްގެ އިންތިޚާބު ހުއްޓުވުމަށް ކޯޓަށް ދަނީޚަބަރު | 6 މަސް ކުރިން