logo
Bank of Maldives

Bank of Maldives

ޚަބަރު

ބާ ކައުންސިލްގެ އިންތިޚާބު ހުއްޓުވުމަށް ކޯޓަށް ދިއުމަށް ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2025 - 18:13
 ބާ ކައުންސިލްގެ އިންތިޚާބު ހުއްޓުވުމަށް ކޯޓަށް ދަނީ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ 4 މެންބަރުންގެ މަޤާމަށް ކުށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެންމެ 3 މެންބަރުން ކުރިމަތިލާފައިވާތީ، އިންތިޚާބު ކުރިއަށް ގެންދިއުމާމެދު ޤާނޫނީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް، މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

26 މޭ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، އިޢުލާނުގައި ކަނޑައެޅިފައިވާ 4 މަޤާމަށް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ، މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ގާނޫނީ ވަކީލުންތަކެއް ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، މިކަމިުގައި ކޯޓަށް ދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ގާނޫނީ ވަކީލުންތަކެއް ބާރ ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ.

އިންތިޚާބުތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަމާއެކު ކުރިއަށް ގެންދަންޖެހޭ ޕްރޮސެސްއެއް ކަމަށް ފާހަގަކޮށް، އިޢުލާނުގައި 4 މެންބަރުންނަށްވުރެ މަދުން ކުރިމަތިލައިފި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވާއިރު، މިހާރު ކުރިމަތިލާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބު ބޭއްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި އިޢުލާން ބާޠިލުކޮށް، އަލުން މަޤާމުޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހުށަހަޅާފައެވެ. އަދި މިކަމާމެދު ބާ ކައުންސިލުން ނިންމާ ގޮތެއްގެ ސަބަބުން ވަކީލުންގެ ޙައްޤަށް އުނިކަމެއް އަތުވެއްޖެނަމަ، އެކަމުގެ ޙައްލު ހޯދުމަށް މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން ވަނީ އަންގާފައެވެ. މީގެއިތުރުން، މައްސަލަ ނިމެންދެން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލައިގައި ބާ ކައުންސިލުން އަޅާނެ ފިޔަވަޅަކާ މެދު އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައަކީ ޤާނޫނީ ދާއިރާގެ ފަރާތްތަކުގެ މެދުގައި ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | ގަޑިއިރެއް ކުރިންބާ ކައުންސިލަށް ނައިބު ރައީސްއާއި އިތުރު ދެ މެމްބަރުން އިންތިހާބުކޮށްފި ޚަބަރު | 5 މަސް ކުރިން ބާ ކައުންސިލްގެ އިންތިޚާބު ހުއްޓުވުމަށް ކޯޓަށް ދަނީޚަބަރު | 6 މަސް ކުރިންބާ އިމްތިހާނުން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެޚަބަރު | އަހަރެއް ކުރިން