logo
Bank of Maldives

Bank of Maldives

ޚަބަރު

ބާ ކައުންސިލަށް ނައިބު ރައީސްއާއި އިތުރު ދެ މެމްބަރުން އިންތިހާބުކޮށްފި

އަޙްމަދު ޒަލީފް
20 ޖޫން 2025 - 09:05
ބާ ކައުންސިލަށް ނައިބު ރައީސްއާއި އިތުރު ދެ މެމްބަރުން އިންތިހާބުކޮށްފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނައިބް ރައީސަކާއި އިތުރު 2 މެމްބަރުން އިންތިޚާބުކޮށްފިއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ޤާނޫނީ ވަކީލުން ނެވެ. ވޯޓުގެ އަޣުލަބިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް 291 ވޯޓާއެކު އަލްއުސްތާޛު އިބްރާހީމް ޝަމީލް ވަނީ އިންތިހާބުކޮށްފައެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، 294 ވޯޓާއެކު އަލްއުސްތާޛު ޢަބްދުالله ނާހިދު އަދި 284 ވޯޓާއެކު އަލްއުސްތާޛު އަޙްމަދު ޝާފިޢު ވަނީ އިންތިޚާބުވެފައެވެ

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025ގައި ދައުރު ހަމަވާތީ އެކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 26ގައެވެ. 

އޭގެ ފަހުން އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސާއި 2 މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ އިންތިޚާބުގެ ދެވަނަ ބުރު ވަނީ ބާއްވާފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ޢާންމުކުރި އިޢުލާނާ ގުޅިގެން މަޤާމުގެ ޝަރުޠު ފުރިހަމަވާ 5 ކެންޑިޑޭޓުން އިންތިޚާބުގެ ދެވަނަ ބުރުގައި ވަނީ ވާދަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | ގަޑިއިރެއް ކުރިންބާ ކައުންސިލަށް ނައިބު ރައީސްއާއި އިތުރު ދެ މެމްބަރުން އިންތިހާބުކޮށްފި ޚަބަރު | 5 މަސް ކުރިން ބާ ކައުންސިލްގެ އިންތިޚާބު ހުއްޓުވުމަށް ކޯޓަށް ދަނީޚަބަރު | 6 މަސް ކުރިންބާ އިމްތިހާނުން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެޚަބަރު | އަހަރެއް ކުރިން