logoEN
ކުޅިވަރު

އިިޓާލިއަން ސެރީއާ: މިލާން ބަލިކޮށް އެޓަލާންޓާއިން ތާވަލުގެ އެއްވަނައަށް

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ލޫކްމަން. ފޮޓޯ: އެޓަލާންޓާ

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ ލޫކްމަން. ފޮޓޯ: އެޓަލާންޓާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

07 ޑިސެމްބަރު 2024 - 06:51

އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި އެޓަލާންޓާ ބައްދަލުކުރިމެޗުން އެޓަލާންޓާ މޮޅޮވެ ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. ރޭގެ މެޗު އެޓަލާންޓާއިން ކާމިޔާބުކުރީ 2-1 އިންނެވެ.

އެޓަލާންޓާގެ އަމިއްލަދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލީޑުނެގީ މެޗުގެ 12 ވަނަ މިނެޓުގައި އެޓަލާންޓާއިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް އަދި މިލާނުގެ ކުރީގެ ކުޅުންތެރިޔާ ޗާރލް ޑަ ކެޓެލާރައެވެ. އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން އަލްވާރޯ މޮރާޓާ ވަނީ މިލާނަށް ގޯލެއްޖަހައިދީ މެޗުގެ ނަތީޖާ ހަމަކޮށްދީފައެވެ. އެޓަލާންޓާ މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މެޗު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް، މި ސީޒަނުގައި ރަނގަޅު ފޯމެއްގައިހުރި ލޫކްމަން އެވެ. މި ގޯލާއެކު އޭނާވަނީ މިހާތަނަށް މިމުބާރާތުގައި 8 ގޯލުޖަހާފައެވެ.

ރޭގެމެޗުން އެޓަލާންޓާ ހޯދި 3 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރިނަމަވެސް އަންނަ ހޯމަދުވަހު ނަޕޮލީ އާއި ލާޒިއޯ ބައްދަލުކުރާމެޗުން ނަޕޮލީ މޮޅުވެއްޖެނަމަ، ނަޕޮލީ ތާވަލުގެ އެއްވަނައަށް އަރާނެއެވެ. މި ދެޓީމު ރޭގައި ކޮޕަ އިޓާލިއާގައި ބައްދަލުކުރިމެޗުން ނަޕޮލީ ބަލިކޮށް ލާޒިއޯވަނީ ކުއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. އެހެންކަމުން އަމިއްލަ ދަނޑުގައިކުޅޭ މިމެޗަށް ނަޕޮލީއިން ނިކުންނާނީ އޭގެ ބަދަލުހިފަންކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder