އިޓާލިއަން ސެރީއޭ: މިލާނާއި ޔުވެންޓަސް ދެމެދު ކުޅުނު މެޗު ހަމަހަމަ

ރޭގެ މެޗުން އެއްވަރުވި ޔުވެންޓަސް އަދި މިލާން އޮތީ ތާވަލުގެ 6، 7 ވަނައިގަ. ފޮޓޯ: ޔުވެންޓަސް

24 ނޮވެމްބަރު 2024 - 08:03
މިލާންގެ ސަން ސިރޯ ސްޓޭޑިއަމްގައި އިއްޔެ ރޭ ކުޅުނު ސީރީ އޭ މެޗުގައި މިލާނާއި ޔުވެންޓަސް އެއްވެސް ގޯލެއް ނުޖަހައި އެއްވަރުވެއްޖެއެވެ. މި މެޗާއެކު ޔުވެންޓަސްއިން މި ސީޒަންގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ދަމަހައްޓައިފިއެވެ.މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތުތަކެއް ހޯދިފައިނުވާއިރު، މެޗުގެ ފެންވަރު ދަށްކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. މި މެޗުގައި ޔުވެންޓަސްގެ ޑުސަން ވްލަހޯވިޗް އަދި އަރްކަޑިއުޝް މިލިކް ފަދަ މުހިންމު ކުޅުންތެރިން އިންޖަރީގެ ސަބަބުން މެޗުގައި ބައިވެރިނުވިއެވެ.މެޗުގެ ފުރަތަމަ ބައިގައި ޔުވެންޓަސްގެ ޓިއުން ކޫމެއިނަރސް އަދި ކެނަން ޔިލްޑިޒް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުކޮށްލާފައެވެ. އަދި މިލާންގެ އަލްވާރޯ މޮރާޓާއަށް ރަފާއެލް ލިއާއޯގެ ފްރީކިކަކުން ލިބުނު ފުރުސަތުގައި ބޯލުން ޖެހި ގޯލު ދަނޑި ކައިރިން ބޭރުވިއެވެ.މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ގޯލު ޖެހުމުގެ ފުރުސަތު ލިބިފައިނުވާއިރު، މެޗު ނިމުނުއިރު ދެ ޓީމުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.މި މެޗާއެކު ޔުވެންޓަސްއިން ވަނީ މި ސީޒަންގެ ފުރަތަމަ 13 މެޗުގައި 10 ކްލީން ޝީޓް ހޯދައިފައެވެ. މިއީ 2013-14 ވަނަ އަހަރުގެ ފަހުން ޓީމަކުން ހޯދި އެންމެ ގިނަ ކްލީން ޝީޓެވެ.
ރޭގެ މެޗުން އެއްވަރުވި ޔުވެންޓަސް އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިލާން އޮތީ ތާވަލުގެ 7 ވަނަގައެވެ.
އިތުރު ލިޔުންތައް

އިޓާލިއަން ލީގު: އިންޓަރ އާއި ޔުނެވްޓަސް ގެ ގަދަހިފުން ހަމަހަމަ.
6 މަސް ކުރިން
އޭސީ މިލާން ބަލިކޮށް ނަޕޮލީނިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
73 އަހަރުގެ އަހަރުގެ ކްލޯޑިއޯ ރަނިއެރީ ރިޓަޔަރމަންޓުން ނުކުމެ ރޯމާގެ ކޯޗަކަށް
5 މަސް ކުރިން