ޢިޓާލިއަން ސެރީއާ: ރޯމާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް އެޓްލާންޓާއިން ތާވަލުގެ ދެވަނައަށް

ރޭގެ މޮޅާއެކު އެޓްލާންޓާއިން ވަނީ ޖެހިޖެހިގެން 8 މެޗުން މޮޅުވެފަ. ފޮޓޯ؛ ފުޓްބޯޅަ އިޓާލިއާ

03 ޑިސެމްބަރު 2024 - 05:55
އިޓަލީގެ ސެރީއާ ލީގުގައި އެޓްލާންޓާއިން ވިދިވިދިގެން 8 ވަނަ މެޗު ކާމިޔާބުކޮށްފިއެވެ. ރޭގައި ރޯމާގެ އަމިއްލަ ދަނޑު ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު އެޓްލާންޓާއިން ކާމިޔާބުކުރީ ރޯމާ 2-0 އިން ބަލިކޮށްގެންނެވެ.މެޗުގެ ފުރަތަމަ ލަނޑު ޖެހީ 69 ވަނަ މިނެޓުގައި މާޓެން ޑި ރޫންއެވެ. އޭނާ ޖެހި ބާރު ޝޮޓެއް ރޯމާގެ ޒެކީ ސެލިކްގައި ޖެހި ގޯލަށް ވަނެވެ. މެޗުގެ ދެވަނަ ލަނޑު ޖެހީ ކުރިން ރޯމާގެ ކުރީގެ ކުޅުންތެރިޔާ ނިކޮލޯ ޒަނިއޯލޯއެވެ. އޭނާ މިގޯލު ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.މިއީ ރޯމާގެ ކުރީގެ ކޯޗު ކްލޯޑިއޯ ރަނިއެރީ އަލުން ރޯމާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ބައިގައި ރޯމާއިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ރޯމާގެ ލިއެންޑްރޯ ޕަރެޑެސް އަދި މަނު ކޯނެ އަށް ގޯލުޖަހާނެ ހުސްފުރުސަތުތަކެއް ލިބި ބޭނުންކުރެވިފައެއް ނުވެއެވެ.ރޭގެ މެޗާއެކު ރޯމާއިން ވިދިވިދިގެން 4 މެޗު ވަނީ ބަލިވެފައެވެ. މިއީ 16 އަހަރު ތެރޭގައި ރޯމާ ވިދިވިދިގެން 4 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މިހާރު ރޯމާ އޮތީ ލީގުގެ 15 ވަނައިގައެވެ.އެޓްލާންޓާއަށް މިއީ އެ ޓީމުގެ ތާރީޚުގައި ވިދިވިދިގެން 8 މެޗު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިކަން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ އިން ޖުލައި އަށެވެ.މިމެޗާއެކު އެޓްލާންޓާ ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީއާ ދެމެދުގައި އޮތް ފަރަގު 1 ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ފާއިތުވި 4 މެޗުގައި ރޯމާއިން އެޓްލާންޓާއާ ދެކޮޅަށް ހޯދާފައިވަނީ އެންމެ 1 ޕޮއިންޓެވެ.
އިތުރު ލިޔުންތައް

އިޓާލިއަން ލީގު: އިންޓަރ އާއި ޔުނެވްޓަސް ގެ ގަދަހިފުން ހަމަހަމަ.
6 މަސް ކުރިން
އޭސީ މިލާން ބަލިކޮށް ނަޕޮލީނިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި.
6 މަސް ކުރިން
73 އަހަރުގެ އަހަރުގެ ކްލޯޑިއޯ ރަނިއެރީ ރިޓަޔަރމަންޓުން ނުކުމެ ރޯމާގެ ކޯޗަކަށް
5 މަސް ކުރިން