logoEN
ކުޅިވަރު

އޭސީ މިލާން ބަލިކޮށް ނަޕޮލީނިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި.

މެޗުގެ މޮޅުކުޅުންތެރިޔާ ކަވަރަޓްސްކޭލިޔާ. ފޮޓޯ: ނަޕޮލީ

މެޗުގެ މޮޅުކުޅުންތެރިޔާ ކަވަރަޓްސްކޭލިޔާ. ފޮޓޯ: ނަޕޮލީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

30 އޮކްޓޯބަރު 2024 - 04:52

އިޓާލިއަން ސެރީ އޭ ގައި ރޭ އޭސީ މިލާނާއި ނަޕޮލީ ބައްދަލުކުރިމެޗު 0-2 ގެ ނަތީޖާއަކުން ނަޕޮލީ މޮޅުވެއްޖެއެވެ. މި މެޗުން މޮޅުވުމާއެކު ނަޕޮލީއިން ވަނީ ލީގުގައި އެޓީމުން ބަލިނުވެ 10 މެޗު ހަމަކޮށްފައެވެ.

މިލާނުގެ ސަންސީރޯގައި ކުޅުނު މި މެޗަށް ނިކުތްއިރު މިލާން އިން ވަނީ އެންމެފަހުން މި ދެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އަނެއް ދެ މެޗުން ނަޕޮލީ މޮޅުވިޔަނުދީ ހިފަހަށްޓާފައެވެ. އެހެންކަމުން މި މެޗަށް ނިކުތްއިރުވެސް ނަޕޮލީ އަށް އޮތީ ޕްރެޝަރާ ކުރިމަތިވެފައެވެ.

މި މެޗު ފަށައިގެން 5 މިނެޓު ތެރޭގައި ނަޕޮލީގެ ލުކަކޫ ވަނީ ނަޕޮލީއަށް ކުރި ހޯދައިދީފައެވެ. މި އާއެކު ލުކަކޫ ވަނީ މި ސީޒަންގައި ލީގުގައި 4 ގޯލާއި 4 އެސިސްޓު ހަދައި ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިތުބާރު ހޯދާފައެވެ. ނަޕޮލީގެ އެންމެ މޮޅުކުޅުންތެރިޔާ އަދި އެފްރިކަން ޕްލޭޔަރ އޮފްދަ ސީޒަން 2023 'އޮސިމެން' ބޭރުކުރުމަށްފަހު، ނަޕޮލީގެ ގޯލް ޖެހުމުގެ މައިގަނޑު ޒިންމާ ހަވާލުކޮށްފައިވާ ލުކާކޫ މި ސީޒަންގައި އަންނަނީ މޮޅުކުޅުމެއް ކުޅެމުންނެވެ. މެޗު ފަށައިގެން އޭސީ މިލާނުން ރަނގަޅުކުޅުމެއް ދެއްކި ނަމަވެސް އެޓީމުން ވަނީ ލިބުނު ހުސް ފުރުސަތުތައް ބޭކާރުކޮށްލާފައެވެ. މެޗުގެ ދެވަނަ ގޯލުވެސް ކާމިޔާބު ކުރީ ނަޕޮލީއިންނެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ޖޯޖިޔާގެ ކަވަރަޓްސްކޭލިޔާ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ އޭނާއަށެވެ.

މެޗުގައި ގިނައިރު ބޯޅަ ކޮންޓްރޯލްކޮށްގެން މިލާނުން ކުޅުންނަމަވެސް، މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކަށް އަރަން މިލާނަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނަޕޮލީއިން ވަނީ ތާވަލުގެ ދެވަނައިގައި އޮތް އިންޓަރ އާއި 7 ޕޮއިންޓުގެ ފަރަގެއް ހޯދާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އެހެންނަމަވެސް އިންޓަރ އިން މިރޭ އެމްޕޯލީ އާއި ދެކޮޅަށްކުޅެ މޮޅުވެގެން މި ލީޑު 4 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮމެންޓް

871x217_placeholder