logo
ކުޅިވަރު

73 އަހަރުގެ އަހަރުގެ ކްލޯޑިއޯ ރަނިއެރީ ރިޓަޔަރމަންޓުން ނުކުމެ ރޯމާގެ ކޯޗަކަށް

އަބްދުﷲ ޣާނިމް
14 ނޮވެމްބަރު 2024 - 14:57
ރޯމާގެ ކޯޗު ރަނިއޭރީ އާއި ރޯމާގެ ލެޖެންޑް އަންދްރޭ ޕިރްލޯ؛ ފޮޓޯ: ފަބްރީޒިއޯ
ރޯމާގެ ކޯޗު ރަނިއޭރީ އާއި ރޯމާގެ ލެޖެންޑް އަންދްރޭ ޕިރްލޯ؛ ފޮޓޯ: ފަބްރީޒިއޯ

ސެރީ އޭ ކުލަބު އޭއެސް ރޯމާއިން ކްލޯޑިއޯ ރަނިއެރީ ޓީމު ގެ ހެޑް ކޯޗުކަމަށް އިއުލާނުކޮށްފިއެވެ. 73 އަހަރުގެ އިޓަލީގެ ފުޓްބޯޅަ ކޯޗު ކްލޯޑިއޯ ރަނިއެރީ ރިޓަޔަރމަންޓުން ނުކުމެ، މި ސީޒަންގެ ބާކީ އޮތް މުއްދަތަށް ރޯމާގެ ހެޑް ކޯޗުގެ މަޤާމު ބަލަހައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރަނިއެރީ އަކީ މި ސީޒަންގައި ރޯމާގެ ތިންވަނަ ކޯޗެވެ. މިއީ އޭނާގެ އުފަން ސިޓީ ރޯމްގައި އޭނާ ކޯޗުކަން ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2009 އިން 2011 އަށް އަދި 2019 ގައި ރޯމާގެ ކޯޗުކަން ކޮށްފައެވެ. އަދި އޭނާގެ ކުޅުންތެރިކަމުގެ ކެރިއަރވެސް ފެށިފައިވަނީ ރޯމާއިންނެވެ.
ރަނިއެރީ މި މަޤާމަށް އައިސްފައިވަނީ ކުރޯޝިއާގެ އިވާން ޖޫރިޗް ވަކިކުރުމާ ގުޅިގެންނެވެ. ބޮލޮންޔާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-2 އިން ބަލިވުމާ ގުޅިގެން ޖޫރިޗް ވަނީ އާދީއްތަ ދުވަހު ވަކިކޮށްފައެވެ. މިހާރު ރޯމާ ވަނީ ސީރީ އޭގެ 12 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނުން 4 ޕޮއިންޓް މަތީގައެވެ.
މި އަހަރު ރޯމާގެ އެމެރިކާގެ ވެރިން ކަމުގައިވާ ޑޭން އަދި ރަޔާން ފްރީޑްކިންއަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ކުރިން ކުލަބުގެ ކުރީގެ ކެޕްޓަން ޑެނިއެލް ޑި ރޮސީ ވަކިކުރުމާ ގުޅިގެން ފޭން ބޭސްއިން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މީގެ ދުވަސްކޮޅެއް ފަހުން ކުލަބުގެ ސީއީއޯ އަދި ޖެނެރަލް މެނޭޖަރ ލީނާ ސޫލޫކޫވެސް ވަނީ އިސްތިއުފާ ދީފައެވެ.
ރަނިއެރީ އެންމެ ފަހުން ކޯޗުކަން ކޮށްފައިވަނީ ކާލިއާރީގައެވެ. އަދި އެއީ އޭނާގެ އެންމެ ފަހުގެ ކުލަބު ކޯޗިންގ މަޤާމު ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ އެންމެ މަޝްހޫރުވެފައިވަނީ 2016 ވަނަ އަހަރު ލެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމަށް ގެންދިއުމުންނެވެ. އޭނާގެ ފުރަތަމަ މެޗު ކުޅެން ޖެހޭނީ މިހާރުގެ ސީރީ އޭގެ އެއްވަނައިގައި އޮތް ނާޕޮލީއާ ދެކޮޅަށް 10 ދުވަހުގެ ތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިންކްލޮޕް ރޯމާގެ ކޯޗުކަމަށް ޢައްޔަންކުރަނީކުޅިވަރު | 4 މަސް ކުރިން އިންޓަރ ފުރުސަތު ނަގާލައިފި، ޗެންޕިއަންކަން ޔަޤީންވާނީ އެންމެ ފަހު މެޗުގައިކުޅިވަރު | 4 މަސް ކުރިންރޯމާގެ އަންބީޓަން ސްޓްރީކް ނިމުމަކަށް ގެނެސް، އެޓަލާންޓާ ޗެންޕިއަންސް ލީގަށް ކޮފައިވެއްޖެކުޅިވަރު | 4 މަސް ކުރިން