logo
ކުޅިވަރު

ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށް

އަބްދުﷲ ޣާނިމް
24 މޭ 2025 - 06:15
ސެރީއާގެ ޗެންޕިއަން ނަޕޮލީ. ފޮޓޯ: ނަޕޮލީ
ސެރީއާގެ ޗެންޕިއަން ނަޕޮލީ. ފޮޓޯ: ނަޕޮލީ

ސީޒަންގެ އެންމެ ފަހު މެޗުގައި ކަލިއާރީ އަތުން 2-0 އިން މޮޅުވެ، ނަޕޮލީ އަށް ވަނީ ތިން އަހަރު ތެރޭގައި ދެވަނަ ފަހަރަށް ސެރީ އޭގެ ޗެމްޕިއަންކަން ހޯދާއިފިއެވެ. ލީގު ޗެންޕިއަންކަން ނަޕޮލީއަށް ލިބުނީ އެންޓޯނިއޯ ސީޒަންގެ އެންމެ ފަހު މެޗާ ހަމައަށް އިންޓަރ މިލާން އާ ކައިރިކައިރީގައި ވާދަކޮށްގެންނެވެ.

މިމެޗަށް ނިކުތްއިރު ދެވަނައިގައި އޮތް އިންޓަމިލާނާއި ނަޕޮލީއާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ދެޓީމުންވެސް ރޭގެ އެއްވަޤުތެއްގައި ލީގުގެ އެންމެ ފަހުމެޗުކުޅުނުއިރު، ރޭގައި އިންޓަރ މިލާން ވެސް ވަނީ ކޯމޯ އަތުން 2-0 އިން މޮޅުވެފައެވެ. 82 ޕޮއިންޓާއެކު ނަޕޮލީ އަށް ލީގު ޗެންޕިއަންކަން ލިބުނިުއިރު، މިއީ ކުލަބުިގެ ތާޜީޚުގައި ލީގު ކާޟިޔާޞުކުރި 4 ވަނަ ފަހަރެވެ. .

Ad by Hajj Corporation

Ad by Hajj Corporation

މި ސީޒަންގައި ނަޕޮލީގެ ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ޓީމަށް އަލަށް ގުޅުނު ރޮމެލު ލުކާކޫ އަދި ސްކޮޓް މެކްޓޮމިނޭ އެވެ. ޔުނައިޓެޑުން މިދިޔަ ސީޒަނުގައި 25 މިލިޔަން ޕައުންޑަށް ވިއްކާލި މެކް ޓޮމިނޭ ވަނީ ސެރީއާގެ މިދިޔަ ސީޒަނުގެ އެންމެ މޮޅުކުޅުންތެރިޠާގެ މަޤާމް ހޯދާފައެވެ.

ރޭގެ މޮޅާއެކު ނަޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ތިން ޓީމެއްގައި އިޓާލިއަން ލީގު ޗެންޕިއަންކަން ހޯދާފައެވެ. އެގޮތުން އޭނާ ނަޕޮލީގެ އިތުރުން އިންޓަރ އަދި ޔުވެންޓަސް އާއެކު ސެރީ އޭ ޗެމްޕިއަންކަން ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑް އާއި ވާދަކުރަން ގެނައި ހޯލަންޑް ޔުނައިޓެޑް ދޫކޮށްލައި ނަޕޮލީއަށްކުޅިވަރު | 10 ދުވަސް ކުރިންއޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށްކުޅިވަރު | 2 މަސް ކުރިންސިޓީގެ ކެޕްޓަން ޑިބްރޫނާ ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިން ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިން