logo
ކުޅިވަރު

އޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށް

އަބްދުﷲ ޣާނިމް
19 ޖުލައި 2025 - 10:14
އޮސިމެން މިިދިޔަ ސީޒަނުގައި ގަލަޓަސަރާއީއަށް ސޮއިކުރަނީ
އޮސިމެން މިިދިޔަ ސީޒަނުގައި ގަލަޓަސަރާއީއަށް ސޮއިކުރަނީ

ނައިޖީރިއާގެ ސްޓްރައިކަރު ވިކްޓަރ އޮސިމެން ދިގު މުއްދަތަކަށް ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު ނަޕޮލީން ގަލަޓަސަރާއީއަށް ދާއިމީކޮށް ބަދަލުވާން އެއްބަސްވެއްޖެއެވެ. މިއާއެކު މިއީ ތުރުކިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ބޮޑު ޓްރާންސްފަރ އެވެ. ގަލަޓަސަރާއީ އިން ނަޕޮލީއަށް ހުށަހަޅާފައިވަނީ 87 މިލިއަން ޑޮލަރުގެ ޑީލެކެވެ.

މި އެއްބަސްވުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ޝަރުތަކީ 2027 ވަނަ އަހަރާ ހަމައަށް އޮސިމެން އިޓަލީގެ އެއްވެސް ކުލަބަކަށް ބަދަލުވުން މަނާކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮސިމެންގެ ނަޕޮލީއާ އެކުގައި އޮތް ގުޅުން ހީނަރުވެ ރެނދުލާން ފެށީ 2022/23 ވަނަ އަހަރުގެ ސީޒަނަށް ފަހުގައެވެ. އެއީ 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނަޕޮލީއަށް ސެރީއާ ގެ ތަށި ހޯދައިދިނުމުގައި އޭނާ އަދާކުރި މުހިންމު ދައުރާއި، 26 ގޯލް ޖަހައި ގޯލްޑަން ބޫޓް ހޯދުމަށް ފަހުގައެވެ. އެސީޒަން ނިމުމަށްފަހު އޮސިމެން ކުލަބު ދޫކޮށް ޗެލްސީއަށް ދާން ބޭނުންވާކަން ކުލަބަށް އެންގުމުން އެކަމާއި ނަޕޮލީއިން ވަނީ ދެކޮޅުހަދާފައެވެ. މިއާްއެކު ޖެހިގެން އައި ސީޒަނުގައި އޮސިމެން ނަޕޮލީގެ ޕްރީ-ސީޒަނުގެ ފަރިތަކުރުންތަކުގެ ބައިވެރިވާން ދެކޮޅުހެދުމާއި ގުޅިގެން ނަޕޮލީއިން ވަނީ އޮސިމެން ލޯނަށް ގަލަޓަސަރާއީ އަށް ފޮނުވާލާފައެވެ.

2024/25 ވަނަ އަހަރުގެ ސީޒަނުގައި ގަލަޓަސަރާއީއަށް ލޯނުގައި ކުޅުނު އޮސިމެން ވަނީ އެ ކުލަބަށް 37 ގޯލް ޖަހައި 8 އެސިސްޓް ދީފައެވެ. ނަމަވެސް ލޯނު މުއްދަތު ހަމަވެ އަނބުރާ މިިދިޔަ ޖޫންމަހުގައި އޮސިމެން ވަނީ ނަޕޮލީއަށް އަނބުރާ ގޮސްފައެވެ. ނަމަވެސް އޮސިމެން ވަނީ ނަޕޮލީއަށް އިތުރަށް ކުޅެބް ބޭނުންނުވާކަމަށް ކުލަބަށް އަންގައި އަލުން ގަލަޓަސަރާއީ އަށް ބަދަލުވާން އެއްބަސްވެފައެވެ.

މިކަންތައްތަކާއި ގުޅިގެން ނަޕޮލީގެ ސަޕޯޓަރުން ވަނީ އެތައް ފަހަރެއްގެ މަތިން އޮސިމެން އާއި ދެކޮޅަށް އަޑު އުފުލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 21 ގަޑިއިރު ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | ދުވަހެއް ކުރިންއެއް ސީޒަނެއްގައި ދެފަހަރަށް ޓްރާންސްފާ ރެކޯޑް މުގުރާލައި އިސާކް ލިވަޕޫލަށްކުޅިވަރު | ދުވަހެއް ކުރިން