logoEN
ކުޅިވަރު

އިޓާލިއަން ލީގު: އިންޓަރ އާއި ޔުނެވްޓަސް ގެ ގަދަހިފުން ހަމަހަމަ.

ޔުވެންޓަސްގެ އުއްމީދީ ކުޅުންތެރިޔާ ކިނާން. ފޮޓޯ: ޔުވެންޓަސް

ޔުވެންޓަސްގެ އުއްމީދީ ކުޅުންތެރިޔާ ކިނާން. ފޮޓޯ: ޔުވެންޓަސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

27 އޮކްޓޯބަރު 2024 - 20:12

އިޓާލިއަން ލީގުގައި ރޭ އިންޓަރ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި ޑާބީ އިޓާލިއާ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ގޯލު ފުންޏެއް ފެނުނު މި މެޗުގައި ކޮންމެ ޓީމަކުންވެސް ވަނީ 4 ގޯލު ޖަހާފައެވެ. އިޓާލިއަން ލީގުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ޔުވެންޓަސް އާއި ނިމިދިޔަ ސީޒަންގެ ޗެންޕިއަން އިންޓަރ ކުޅުނު މިމެޗު ކުޅެފައިވަނީ އިންޓަރ މިލާނުގެ ސަންސީރޯގައެވެ. މި މެޗަށް ނިކުތްއިރު ދެޓީމުގެ ދެމެދުގައިވަނީ އެއް ޕޮއިންޓުގެ ފަރަގެކެވެ. އަދި މި ސިޒަންގައި އިޓާލިއަން ލީގުގައި އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ ޔުވެންޓަސްއެވެ.

މެޗުގެ ކުރީކޮޅު 15 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޒިލިންސްކީ އިންޓަރ އަށް ކުރިހޯދައިދީފައި ވަނިކޮށް ފަހަތުން އަރައި ޔުވެންޓަސް އަށް ދެ ގޯލު ކާމިޔާބުކޮށްދީފައިވަނީ ލަހޮވިޗާއި ތިމިތީއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަރ ގެ މިކިތާރަޔަން އާއި ޒިލިންސްކީގެ ގޯލުތަކުން އިންޓަރ އަށް ވަނީ ކުރިހޯދައިދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި އިންޓަރ ގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 53 ވަނަ މިނެޓުގައި ހޮލެންޑުގެ ޑަމްފްރީސް އެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކުޅެން ނިކުތް ތުރުކިޔޭ ގެ ކިނާން ވަނީ ދަނޑަށްއަރާ ފުރަތަމަ ދިހަ މިނެޓުގައި ގޯލުޖަހާ ޔުވެންޓަސް އަށް އުއްމީދު އާކޮށްދީފައެވެ. އަދި އޭނާވަނީ މެޗު ނިމެންދަނިކޮށް މެކެނީގެ ހުރަހަކުން އިތުރު ގޯލެއްޖަހާ ޔުވެންޓަސްގެ އަންބީޓަން ރެކޯޑް ދަމަހައްޓައިދީފައެވެ.

މި ނަތީޖާއާއެކު ނަޕޯލީ އިން ވަނީ ތާވަލުގެ އެއްވަނާގައި އޮވެ ޔުވެންޓަސް އަދި އިންޓަރ އާއި ދެމެދު އޮތް ފަރަގު ބޮޑުކޮށްފައެވެ. އެހެންނަވެސް އިޓާލިއަން ލީގުގައި ނަޕޯލީ ދެން ކުޅެން ހަމަޖެހިފައިވަނީ ވަރުގަދަ އޭސީ މިލާން އާއި ދެކޮޅަށެވެ. މި މެޗަކީ ކޮންޓޭގެ އިރުޝާދުގެ ދަށުން ލީގު ކާމިޔާބުކުރުމަށް ނިކުތް ނަޕޯލީއަށް މޮޅުވުން ވަރަށް މުހިންމު މެޗަކަށްވެގެންދާނެއެވެ.

ކޮމެންޓް

871x217_placeholder