ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އިންޓަރ ސްކޫލް ވޮލީ ޓޯނަމެންޓް ގެ އަންޑަރ 19 ގެ އަންހެން ޗެންޕިއަންކަން ފާފު އަތޮޅު ތަޢުލީމީ މަރުކަޒަށް
މުބާރާތުގެ ޗެންޕިއަންޓީމު ފާފުއަޮލޫ ތަޢުލީމީ މަރުކަޒު. ފޮޓޯ: ވީ.އޭ.އެމް
07 ޑިސެމްބަރު 2024 - 08:29
ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އަންޑަރ 19 ގެ އަންހެން ޗެންޕިއަންކަން ފާފު އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.
މި މުބާރާތުގެ އަންޑަރ 19 އަންހެން ކެޓަގަރީ ފައިނަލުގައި ފާފު އަތޮޅު ތަޢުލީމީ މަރުކަޒު ވާދަކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ދެކޮޅަށެވެ. ރޭގައި ކުޅެވުނު ފައިނަލް މެޗުގައި ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް މޮޅުކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މިމެޗު ފާފު އަތޮޅު ތަޢުލީމީ މަރުކަޒު މިމެޗު ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. ފާފު އަތޮޅު ތަޢުލީމީ މަރުކަޒު ސެޓުތައް ކާމިޔާބުކޮށްފައިވަނީ 12-25، 16-25 އަދި 16-25 އިންނެވެ.
މި ކެޓަގަރީގެ ޗެންޕިއަންކަން ފާފު އަތޮޅު ތަޢުލީމީ މަރުކަޒު ކާމިޔާބުކުރީ ކުޅުނު ހުރިހާމެޗަކުން މޮޅުވެގެންނެވެ.