logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްދޫ ކައުންސިލަށް ރައީސް ދެއްވި ޔަޤީންކަން: ފުރިހަމަ އެއްބާރުލުން ދޭނަން

އަޙްމަދު ޒަލީފް
8 ޑިސެމްބަރު 2024 - 12:43
ރަސްދޫ ކައުންސިލަށް ރައީސް ދެއްވި ޔަޤީންކަން: ފުރިހަމަ އެއްބާރުލުން ދޭނަން

ކައުންސިލްތަކުން ހިންގާ އިޤްތިޞާދީ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު ރަސްދޫ ކައުންސިލްގެ އިދާރާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ފަހިކުރެއްވުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން އިޤްތިޞާދަށް ފައިދާވާފަދަ ކަމެއްކުރަން ހުށަހަޅުއްވައިފިނަމަ އެކަމަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | 2 މަސް ކުރިންއިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފިޚަބަރު | 3 މަސް ކުރިންއިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިޚަބަރު | 3 މަސް ކުރިންޗާގޯސް ހައްގީ ދިވެހީންނަށް، އެއީ ދިވެހީންގެ ފޯޅަވަހި: ރައީސްޚަބަރު | 6 މަސް ކުރިން