logo
ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމުބައިވެރިވާ އޭ.އެފް.ސީ އޭސިއަންކަޕް ކޮލިފައިން ގުރުއަތުލައިފި

އަބްދުﷲ ޣާނިމް
9 ޑިސެމްބަރު 2024 - 11:23
ބަންގްލަދޭޝް އާދެކޮޅަށް މިިދިޔަމަހު ރާއްޖެ ކުޅުނު މެޗަށްފަހު ކުޅުންތެރިން ބަކާއަށް ޓްރިބިއުޓެއް ދެނީ. ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ފުޓްބޯލް ޓީމް
ބަންގްލަދޭޝް އާދެކޮޅަށް މިިދިޔަމަހު ރާއްޖެ ކުޅުނު މެޗަށްފަހު ކުޅުންތެރިން ބަކާއަށް ޓްރިބިއުޓެއް ދެނީ. ފޮޓޯ: މޯލްޑިވްސް ނޭޝަނަލް ފުޓްބޯލް ޓީމް

2027 ވަނައަހަރުގައި ބާއްވަން ހަމަޖެހިފައިވާ އޭ.އެފް.ސީ އޭސިއަންކަޕް ކޮލިފައިން ގައި ރާއްޖޭގެ ޓީމު ތަޖިކިސްތާނާއި ޕިލިޕީންސް އާއި އީސްޓް ޓިމޯ އާއި އެއްގުރޫޕެއްގައި ލައްވާލައިފިއެވެ.މި މުބާރާތުގެ ކޮލިފިކޭޝަންގައި 6 ގުރޫޕެއްގައި 24 ޓީމު ވާދަކުރާނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ރާއްޖެއާއި އެއްގުރޫޕެއްގައި އެންމެ ވަރުގަދަ ޓީމަކަށްއޮތީ މިދިޔަ އަހަރުގެ މި މުބާރާތުގެ ކުއާޓަރ ފައިނަލްކުޅުނު ތަޖިކިސްތާނެވެ. ރާއްޖޭގެ ޤައުމީޓީމު ވަނީ މިހާތަނަށް ތަޖިކިސްތާނާ ދެކޮޅަށް 3 މެޗު ކުޅެ 2 މެޗުން ބަލިވެފައެވެ.

މިއީ މި މުބާރާތުގެ ކޮލިފިކޭޝަންގެ ތިންވަނަ ރައުންޑެވެ. އެގޮތުން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ޓީމަށް އޭ.އެފް.ސީ އޭސިއަންކަޕުން ޖާގަލިބޭނެއެވެ. ކޮލިފިކޭޝަން މެޗުތައް ކުޅެންހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗުމަހުގެ 25 ން 2026 ވަނަ އަހަރުގެ މާޗުމަހާ ދޭތެރޭގައެވެ.

469646831_1136647081164708_6338766788576672937_n.jpg

މުބާރާތުގެ ގްރޫޕްތައް ބެހިފައިވާގޮތް. ފޮޓޯ: އޭ.އެފް.ސީ

 

މީގެއިތުރުން މި މުބާރާތުގެ ކޮލިފިކޭޝަންގައި އިންޑިޔާ އާއި ބަންގްލަދޭޝް ވެސް ވަނީ އެއްގުރޫޕެއްގައި ލައްވާލާފައެވެ. އަދި ޝްރީލަންކާއާއި ތައިލެންޑު ލައްވާލާފައިވަނީ ގްރޫޕް ޑީ ގައެވެ.

 

މި މުބާރާތަށް މިހާތަނަށް 18 ޓީމަކުން ކޮލިފައިވެފައިވާއިރު މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބުކޮށްފައިވަނީ މި މުބާރާތް މިފަހަރު ހޯސްޓުކުރާ ސަޢޫދީ އަރަބިއްޔާއެވެ. މި މުބާރާތް އެންމެފަހުން ކާމިޔާބުކުރީ ޤަތަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލު ތަޅުއަޅުވައި، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން އެ ގައުމު ބަލިކޮށްފިކުޅިވަރު | 14 ގަޑިއިރު ކުރިންރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 4 ދުވަސް ކުރިންދިވެހި ފުޓުބޯޅަ އާއިލާގެ ފަރާތުން މާފަށް އެދި ކޯޗު އަލީ ސުޒޭން އިސްތިއުފާ ދީފިކުޅިވަރު | 3 މަސް ކުރިންޤައުމީ ސްކޮޑް އިޢުލާން ކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންތަކެއްކުޅިވަރު | 3 މަސް ކުރިން