logo
Bank of Maldives

Bank of Maldives

ޚަބަރު

ހުދުމާގެ ވެރިޔާ މޫސާ މުޙައްމަދުފުޅު އަވަހާރަވުން

މެންދުރު ޓީމް
11 އޯގަސްޓު 2024 - 07:28
ހުދުމާގެ ވެރިޔާ މޫސާ މުޙައްމަދުފުޅު އަވަހާރަވުން

ދިވެހިރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ ހުދުމާ ފިޔާހަރައިގެ ވެރިޔާ މޫސާ މުހައްމަދުފުޅު މިއަދު އަވަހާރަވެއްޖެއެވެ.

މޫސާ މުހައްމަދުފުޅު އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 82 އަހަރެވެ.

މޫސާ މުޙައްމަދުފުޅުގެ ހަށިކޮޅު މިހާރު ވަނީ އިސްލާމީ މަރުކަޒަށް ގެންދެވިފައެވެ. މިއަދު ހެނދުނު 8 އިން ފެށިގެން އިސްލާމީ މަރުކަޒުގައި މައްޔިތާގެ މޫނު ދެއްކުން ކުރިއަށްދާނެ ކަމަށް ވަނީ އިޢުލާނު ކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މައްޔިތާގެ މޫނު ދެކެވަޑައިގަތުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެންފައެވެ. އަދި މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސާފުޅުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މޫސާ މުޙައްމަދުފުޅަކީ ދިވެހިރާއްޖޭގެ ތަޖްރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. އޭނާގެ އަވަހާރަވުމަކީ ދިވެހިރާއްޖޭގެ ވިޔަފާރި ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންހުދުމާގެ ވެރިޔާ މޫސާ މުޙައްމަދުފުޅު އަވަހާރަވުންޚަބަރު | 2 އަހަރު ކުރިން