ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން އޭ.އެސް.އެމް.އެޗު.އާރުސީއަށް
.jpg&w=3840&q=75)
ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން އޭ.އެސް.އެމް.އެޗު.އާރުސީ. ފޮޓޯ: އޭ.އެސް.އެމް.އެޗު.އާރުސީ

10 ޑިސެމްބަރު 2024 - 06:34
ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024" ގެ ޗެންޕިއަންކަން އޭ.އެސް.އެމް.އެޗު.އާރުސީ (އެޗު.އާރު.ސީ) ހޯދައިފިއެވެ. މި މުބާރާތުގެ ޗެންޕިއަންކަން އެޗު.އާރުސީ ހޯދީ ފައިނަލުގައި ދަޑެކޮޑޭ ރެކްރިއޭޝަން ކުލަބު (ޑީ.އާރު.ސީ) 3-1 ން ބަލިކޮސްގެންނެވެ.
ފޯރިގަދަކުޅުމެއް ފެނުނު ފައިނަލުމެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ޑީ.އާރު.ސީ އިންނެވެ. މި ގޯލުކާމިޔާބުކޮށްދިނީ އަލީ ޝިޔާހުއެވެ. އެހެންނަމެވެސް މާގިނައިރުތަކެއްނުވެ އަލީ ޙާފިޒް (ހާއްޕެ) ވަނީ އެޗު.އާރުސީ އަށް ގޯލުޖަހައިދީފައެވެ. އެޗު.އާރުސީގެ ދެވަނަ ގޯލަކީވެސް ހާއްޕެގެ ގޯލެކެވެ. މި މިމުބާރާތުގައި ހާއްޕެ ވަނީ 10 ގޯލުޖަހާފައެވެ. އެޗު.އާރު.ސީގެ ފަހުގޯލަކީ ޑީ.އާރު.ސީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްގޯލެކެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަލީ ޝިޔާހް (ޑީ.އާ.ރުސީ)، އިބްރާހިމް މުހައްމަދު (ޑީ.އާ.ރުސީ)، ހަސަން ސައީދު (އޭ.އެސް.އެމް.އެޗުއާރު.ސީ)، އަލީ ހާފިޒް (އޭ.އެސް.އެމް.އެޗު.އާރު.ސީ) އަދި އަޔާޒް އަހުމަދު (އައުޓްލޯޒް) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދީ އަލީ ހާފިޒް (އޭއެސްއެމްއެޗު) އެވެ. ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދި އަލީ ހާފިޒް (ހާއްޕެ) ވަނީ މުބާރާތުގެ މޮޅުކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ ޓޮޕް ސްކޯރަރ ގެ މަޤާމް ހޯދާފައެވެ.
އަލީ ހާފިޒް؛ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އަދި ޓޮޕް ސްކޯރަރ. ފޮޓޯ: އޭ.އެސް.އެމް.އެސް.އާރު.ސީ
މި އަހަރުގެ މުބާރާތުގައި ތިނަދޫގެ އިތުރުން ވިލިނގިލި އާއި މަޑަވެއްޔާއި ކޮނޑޭ އާއި ހަވޮއްޑާ ރިސޯޓުގެ ޓީމުތައް ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
އިތުރު ލިޔުންތައް

މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތް ފަށައިފި.
6 މަސް ކުރިން
ތޮއްޑޫ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތް ފަށަން ތައްޔާރުވެއްޖެ.
5 މަސް ކުރިން.png&w=3840&q=75)
މަގޫދޫ ކައުންސިލް ގެ ފުޓްސަލް މުބާރާތާއި ސެމީފައިނަލް މިއަދު
5 މަސް ކުރިން