އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ 'އެޗް.އާރު' ފޯރަމް ފަށައިފި

އެޗުއާރު ފޯރަމް، ފޮޓޯ--/ އިސްލާމިކް މިނިސްޓްރީ

11 ޑިސެމްބަރު 2024 - 12:24
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ 'އެޗުއާރު ފޯރަމް' ފަށައިފިއެވެ.
މި ފޯރަމްއަކީ ހިއުމަން ރިސޯސަސްގެ ދާއިރާއިން ވުޒާރާގެ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މުހިއްމުކަންކަމާއި މެދު މުވައްޒަފުންގެ ޕެނަލް ޑިސްކަޝަންތައް ހިމެނޭހެން ކުރިއަށް ގެންދާ ފޯރަމްއެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފޯރަމްގެ ތެރެއިން އެޗްއާރުގެ މަސައްކަތްތަކާއި ގުޅޭ ޕްރެޒެންޓޭޝަނެއް މުވައްޒަފުންނަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، ފޯރަމްގެ މުހިއްމުކަން ފާހަގަކުރައްވާ ފޯރަމްގެ ތެރެއިން މުވައްޒަފުންނަށް ފައިދާހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަަމަށެވެ. މީގެ އިތުރުން ޤުރުއާނުގެ ޢަލީގައި މުވައްޒަފުންނަށް ގިނަ ނަޞޭޙަތްތަކެއް ވަޒީރުގެ ވާހަކަފުޅުގައި ދެއްވާފައިވެއެވެ.
މި ފޯރަމްއަކީ ވުޒާރާގެ ހިއުމަން ރިސޯސް ސެކްޝަނުން އިންތިޒާމްކުރާ ފޯރަމްއެކެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
8 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
7 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
7 މަސް ކުރިން