ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް - އޭޖީ


11 ޑިސެމްބަރު 2024 - 14:38
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި އެކަމުގެ ނިޔަތެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީގެ ދިފާއުގައި ނަމުގަ އެމްޑީޕީން ކުރިޔަށް ގެންދިޔަ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ
ސަރުކާރުން ނުފޫޒު ފޯރުވުމަށްޓަކައި މި ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް ތުހުމަތު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އޭގެ ބޭނުމަކީ ޖުޑިޝަރީގެ ކޮންޓްރޯލް ވެސް ނެގުން ކަމަށެވެ.
މިފަދަ އެއްވެސް ބަދަލެއް ގެނައުމުގެ ނިޔަތެއް އެބައޮތް ތޯ މީޑިއާތަކުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ގެންގުޅެމުން އައި ސްޓޭންޑަކީ މިނިވަން ޖުޑިޝަރީއެއް އޮތުން ކަމަށެވެ. އަދި މިހާތަނަށް ވެސް ދަމަހައްޓަމުން އައި ސިޔާސަތަކީ އެއީކަން ފާހަގަކުރެއްވި އެވެ.
އުޝާމް ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ވަކި މައްސަލައެއް ވަކި ގޮތަކަށް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުން ފަދަ ކަންކަމަކީ މި ސަރުކާރުން އެއްގޮތަކަށް ވެސް ކުރާނެ ކަމެއް ނޫން ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަން ހިނގާނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި އެ އޮންނަ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރިކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ބެންޗަށް ވެސް ބޮޑު ބަދަލެއް ގެނެސް، ދަށުގެ ކޯޓުތަކުގެ ގާޒީން ވެސް ކުރީގެ ސަރުކާރުގައި ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ލިޔުންތައް

ރައީސް ޔާމީނުގެ މައްސަލައިގާ އާހެކި ބަލައިގަތުމުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި
8 މަސް ކުރިން
ސަމާޙް މަރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލްކޮށްފި
7 މަސް ކުރިން
ޝަހުމް މަރަން ކުރި ޙުކުމް: އެންމެ ފަހު މަރުޙަލާގެ އަޑުއެހުންތައް ފަށަނީ
6 މަސް ކުރިން