logo
MPL

MPL

News

އަލިފާން ރޯވުމާގުޅިގެން ތިން މިނިސްޓްރީއެއްގެ މަސައްކަތް ހުއްޓިއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
12 ޑިސެމްބަރު 2024 - 07:00
އަލިފާން ރޯވުމާގުޅިގެން ތިން މިނިސްޓްރީއެއްގެ މަސައްކަތް ހުއްޓިއްޖެ

މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި, އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.

މި ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރު މިނިސްޓްރީ ހިންގާ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. ހައުސިން މިނިސްޓްރީގެ އިމާރާތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ވެސް ދިޔައީ ހިންގަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އަލިފާނުގެ އަސަރު ވަރަށް ބޮޑަށްކޮށް, އެންވާރަމެންޓް މިނިސްޓްރީއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެ ސަރަހައްދުގައި ހުންނަ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އަންނަ ތަނެވެ.

އަލިފާން ރޯވި ސަހަރައްދުގައި ހުންނަވައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އެ އިމާރާތުގެ ތެރޭގައި 1960 އިން ފަށައިގެން މާލޭގައި އުފަންވި އެންމެންގެ ލިޔެކިޔުންތަކާއި ގެދޮރުގެ ރެޖިސްޓްރޭޝަންތައް ހުންނާނެ ކަމަށެވެ.

އަލިފާންގަނޑު ވަރަށް ބޮޑަށް މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާނީ ބޮޑު ބަދަލަކަށް، އެކި ރަށްރަށުގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގެ ކެފޭއެއްގައި ގޭސް ސިލިންޑަރެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެޚަބަރު | 11 ދުވަސް ކުރިންފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެ އަނދަނީޚަބަރު | 18 ދުވަސް ކުރިންހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެޚަބަރު | 20 ދުވަސް ކުރިން