logo
Bank of Maldives

Bank of Maldives

ކުޅިވަރު

2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ޤައުމަކީ ސަޢޫދީ އަރަބިއްޔާކަން ފީފާއިން އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
12 ޑިސެމްބަރު 2024 - 07:13
2034 ވަނަ އަހަރުގައި ވޯލްޑްކަޕް ބާއްވާ ޤައުމަކީ ސަޢޫދީ އަރަބިއްޔާ. ފޮތޯ: ސީ.އެން.އެން
2034 ވަނަ އަހަރުގައި ވޯލްޑްކަޕް ބާއްވާ ޤައުމަކީ ސަޢޫދީ އަރަބިއްޔާ. ފޮތޯ: ސީ.އެން.އެން

ބުދަ ދުވަހު ބޭއްވުނު ފީފާގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ މެދުއިރުމަތީގެ ޤައުމަކުން ވޯލްޑް ކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރު ޤަޠަރުގައި ވޯލްޑް ކަޕް ބޭއްވުނެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ 5 ސިޓީއެއްގައި ހުރި 15 ސްޓޭޑިއަމެއްގައެވެ. އެއީ ރިޔާދު، ޖިއްދާ، ޚުބާރު، އަބްހާ އަދި ނިއޯމްއެވެ. މި ވޯލްޑް ކަޕަކީ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 48 ޓީމު ބައިވެރިވާ މުބާރާތަށްވެސް ވާނެއެވެ.

މީގެއިތުރުން ރޭގެ ކޮންގްރެސްގައި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާނެ ޤައުމެއްގެ ގޮތުގައި މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގެ ނަމް ވަނީ އިޢުލާނުކޮށްފައެވެ. އަދި މިމުބާރާތުގައި ވޯލްޑް ކަޕަށް 100 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މެޗުތައް އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ފީފާ ވޯލްޑް ކަޕަކީ ފިރިހެނުންގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ބައިނަލްއަޤްވާމީ މުބާރާތެވެ. މި މުބާރާތް ފުރަތަމަ ބޭއްވުނީ 1930 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ 4 އަހަރަކުން އެއްފަހަރު މި މުބާރާތް ބާއްވަމުން އަންނަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 1942 އަދި 1946 ވަނަ އަހަރު ނުބޭއްވުނު ދެ ފަހަރު ފިޔަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަންކޮށްފިކުޅިވަރު | 14 ދުވަސް ކުރިންބާސެލޯނާ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތައް ކްލަބް ވޯލްޑް ކަޕުން މަހުރޫމް ނުވާނެ ގޮތަށް ފީފާއިން ގަވާއިދު ބަދަލުކުރަނީކުޅިވަރު | 20 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | މަހެއް ކުރިންޓޮމްގެ ޒަޢާމަތުގައި ދިވެހި ފުޓުބޯޅައަށް, ބޭނުންވާ ކުރިއެރުން އަންނަތަން އެބަފެނޭ: ފީފާގެ ރައީސްކުޅިވަރު | މަހެއް ކުރިން