އެސްޓީއޯގެ ހަކުރު ޝިޕްމަންޓެއް ނުގެއްލޭ


12 ޑިސެމްބަރު 2024 - 12:47
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހަކުރު ޝިޕްމަންޓެއް ގެއްލިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން މިކަން ހާމަކޮށްފައިވަނީ މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބު ދެމުންނެވެ.
އެގޮތުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އެސްޓީއޯގެ އެއްވެސް ޝިޕްމަންޓެއް ގެއްލިފައި ނުވާ ކަމަށާއި އެ ކުންފުނީގެ ކޯޓާ ރައިޓްސް އެއްވެސް ބަޔަކަށް ދީފައި ވެސް ނުވާ ކަމަށެވެ.
އެއްވެސް ޝިޕްމަންޓެއްގައި ޑިލޭއެއް އުޅޭތޯ ނޫސްވެރިޔާ ކުރި ސުވާލަށް އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނިން އޯޑަރު ޖަހާފައިވާ ޝިޕްމަންޓެއް ނުލިބި ނުވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ރާއްޖެއަށް ހަކުރު އެކްސްޕޯޓުކުރުން ހުއްޓާލާފައިވޭތޯ ސުވާލުކުރުމުން އެސްޓީއޯއިން ބުނި ގޮތުގައި ހަކުރު އެކްސްޕޯޓުކުރުން މެދުކަނޑާލާފައި ނުވާ ކަމުގަ އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހަކުރު ކޯޓާއިން ބައެއް، އެ ތަކެއްޗާ ހަވާލުވެ، ތިބި ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ސްރީ ލަންކާއަށް ފޮނުވުމުގައި އެސްޓީއޯގެ އެއްވެސް ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަން އެ ކުންފުނިން މީގެ ކުރިންވެސް ވަނީ ދީފައެވެ.
ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ރާއްޖެއަށް ފޮނުވި 70 ޓަނުގެ ހަކުރު ރާއްޖެ ނުގެނެސް، އެ ތަކެއްޗާ ހަވާލުވެ ތިބި ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ސްރީ ލަންކާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އިންޑިއާގެ ސަރުކާރުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އިތުރު ލިޔުންތައް

ބަންކަރިންގެ ޚިދުމަތްދޭން ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
7 މަސް ކުރިން
ބަންކަރިންގެ ޚިދުމަތް ފެށުމަށް 20 މިލިއަން ޑޮލަރު ސަރުކާރުން ޚަރަދުކުރި: ވަޒީރު
7 މަސް ކުރިން
ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި
5 މަސް ކުރިން