logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންކަރިންގ ހިދުމަތަށް ހުއްޓުމެއް ނާދޭ، ދަނީ ކުރިއަށް: ސިމާދު

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ނޮވެމްބަރު 2024 - 19:25
ބަންކަރިންގ ހިދުމަތަށް ހުއްޓުމެއް ނާދޭ، ދަނީ ކުރިއަށް: ސިމާދު

ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް ހުއްޓުމެއްނައިސް ކުރިއަށްދާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ، ދިގު ދަތުރުކުރާ މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ނުވަތަ ބަންކަރިންގެ ޚިދުމަތް ދިނުމަށް ރާއްޖެއަށް ގެނައި ދެ އުޅަނދު މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާކަމަށް ނޫހަކުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިމާދު ވިދާޅުވީ، އޯފްޝޯ ބަންކަރިންގ ޚިދުމަތެއް ގާއިމުކުރަނީ ޑިމާންޑާއި ސަޕްލައިގެ ބޭނުންތައް ފުއްދުމުގެ ގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ކަމަށެވެ. މި ގޮތުން "މެރީން ބެއްލާ" ގެ ނަމުގައި ހަރަކާތްތެރިވާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައިވަނީ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް ކަމަށް ޝިމާދު އިބްރާހީމް ވިދާޅުވިއެވެ.

ދެވަނަ އުޅަނދު ކަމުގައިވާ "މެރިން އޭންޖަލް" މިހާރު މާލެ ސަރަހައްދުގައި އޮތީ އާންމު އުސޫލުން އެ އުޅަނދު ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތްތަކަށް ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.

މި މަސައްކަތަށް މާލެ ސަރަހައްދަށް އަންނަން ޖެހުނު ސަބަބެއްގެ ގޮތުގައި ސިމާދު ފާހަގަކުރެއްވީ، މިވަގުތު އިހަވަންދިއްޕޮޅުގައި މި ފަދަ މެއިންޓަނަންސް ޚިދުމަތްތައް ލިބެން ނެތުމެވެ.

މި މަޝްރޫޢު ފެއިލްވެފައިވާ ކަމަށާއި މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޝިމާދު ވަނީ ދޮގުކުރައްވާފައެވެ.

ޝިމާދު އިތުރަށް ވިދާޅުވީ، ބަންކަރިންގ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ހަކަތައެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށާއި، މި ޚިދުމަތް ފުޅާކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ޝިމާދު ވަނީ ހާމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ!ވިޔަފާރި | 2 މަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | 2 މަސް ކުރިންބަންކަރިން ހިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް!ޚަބަރު | 2 މަސް ކުރިންއިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރަނީޚަބަރު | 3 މަސް ކުރިން