logo
Bank of Maldives

Bank of Maldives

ޚަބަރު

ޓްރެފިކަށް ހުރަސް އެޅި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 ޑިސެމްބަރު 2024 - 07:06
ޓްރެފިކް ހުއްޓުވުމުގެ މައްސަލައިގައި ހައްޔަރުކުރި މިސްބާހު ޝަރީފް - ފޮޓޯ: ފުލުހުން
ޓްރެފިކް ހުއްޓުވުމުގެ މައްސަލައިގައި ހައްޔަރުކުރި މިސްބާހު ޝަރީފް - ފޮޓޯ: ފުލުހުން

ހުޅުމާލޭގެ ޓްރެފިކަށް ހުރަސް އެޅި އިތުރު ޓެކްސީ ޑްރައިވަރެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޓެކްސީތަކުން މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި އާންމު ދަތުރުފަތުރަށް ހުރަސް އަޅައި، މަގު ބްލޮކް ކޮށް، ފުލިހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން، މއ. ނަހީދީ މަންޒިލް، އުމުރުން 31 އަހަރުގެ މިސްބާހު ޝަރީފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވެސް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށް، 22 އުޅަނދު ޓޯވް ކޮށްފައެވެ. އެގޮތުން އެ ފަހަރު ހައްޔަރުުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދު ފަސް ދުވަހަށް ޖަހައި، އެކަކު ވަނީ ޝަރުތުތަކަކާ އެކީ ދޫކޮށްލާފައެވެ.

އެ މީހުން ހައްޔަރު ކުރީ، ބުދަ ދުވަހުގެ ރޭ ހުޅުމާލެ ފަރާތުން ހަލި މަގަށް އަރަން އޮންނަ މަގު ބަންދުކޮށް، އެ މަގުން އާންމު ދަތުރުފަތުރުތަކަށް ދަތުރުނުކުރެވޭ ގޮތަށް ކާރު ޕާކުކޮށް މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން ހަލި މަގަށް އަރަން އޮންނަ ނިރޮޅު މަގުގެ ޓްރެފިކް ވަރަށް ބޮޑުވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންމާލެ ޓެކްސީ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރަށް ނެރެފި، އެންޑްރޮއިޑް ވަރޝަން ވެސް ވަރަށް އަވަހަށް ނެރޭނެޚަބަރު | 4 ގަޑިއިރު ކުރިންމާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 20 ގަޑިއިރު ކުރިންފުލުހުންގެ ކޮމާންޑުތަކުގެ ޢަދަދު 17 އިން 14 އަށް ދަށްކޮށް، އިދާރީ އޮނިގަނޑަށް ބަދަލެއްޚަބަރު | ދުވަހެއް ކުރިން