logo
E-Platinum
ޚަބަރު

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭނެ އެންމެ ބޮޑު ފެން ތާނގީގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
3 ސެޕްޓެމްބަރު 2024 - 11:51
އެމްޑަބްލިއުއެސްސީގެ މައި އިމާރަތް -- ފޮޓޯ/ އެމްޑަބްލިއުއެސްީ
އެމްޑަބްލިއުއެސްސީގެ މައި އިމާރަތް -- ފޮޓޯ/ އެމްޑަބްލިއުއެސްީ

ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭނެ އެންމެ ބޮޑު ފެން ތާނގީގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި ގާއިމްކުރާ މި ތާނގީގެ މަސައްކަތް ފެށީ މިއަދުއެވެ. އެގޮތުން 10،000 ޓަނުގެ އެ ތާނގީގެ މަސައްކަތް ފެށީ، އެ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މިއަދު މާލެ އަދި ހުޅުމާލޭގައި ފެން އުފެއްދެނީ އެ ދުވަހަށް ފުދޭ މިންވަރަށް ކަމަށާއި، ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ އެ ދުވަހަކަށް ބޭނުންވާ މިންވަރަށް ވެސް ފެން ނުއުފެއްދޭ ކަމަށެވެ. އަދި ހަމަ އެގޮތަށް، އެ ކުންފުނީގެ ފެން ރައްކާކުރުމުގެ ގާބިލުކަން ވެސް ހުރީ އެއްދުވަހަށް ވާ ވަރަށް ނުވަތަ އެއަށް ވުރެ މަދު ކެޕޭސިޓީއެއް ގައި ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، މިއަދު ބިނާ ކުރަން މި ފެށޭ ފެން ތާނގީއަކީ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކުރެވޭ އިތުރު ބޮޅެއް ކަމަށެވެ.

(އެކަން ވާނީ) މާލޭގެ އަދި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ މަސައްކަތްތަކަށް އެ ސިލްސިލާއަށް އިތުރުވާ ބޮޅެއްގެ ފެށުން، - އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން

މަތީން ވިދާޅުވީ އެ ތާނގީގެ މަސައްކަތް ނިމި، ބޭނުން ކުރެވެން ފެށުމުން މިހާރު އުފެއްދޭ މިންވަރަށް ވުރެ އިތުރަށް 80 އިންސައްތައަށް ފެން ހުޅުމާލޭގައި އުފެއްދޭނެ ކަމަށެވެ. އަދި ދެ ދުވަހުގެ ފެން އެ ތާނގީގެ ސަބަބުން ރައްކާކުރެވިފައި ހުންނާނެ ކަމުގައި ވެސް މަތީން ވިދާޅުވިއެވެ.

"މިއަދު ޢަމަލީ މަސައްކަތް މިފެށޭ 10،000 ޓަނުގެ ފެން ތާނގީއާއެކުގައި ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު މިހާރު ހުރި ނިސްބަތަށް ބަލާކަމުގައި ވިޔަސް، ސީދާ ޢަދަދުން ދެންނެވި ކަމުގައި ވިޔަސް 80 އިންސައްތައަސް ވުރެ އިތުރުވެގެންދާނެ. ގާތްގަޑަކަށް އަންދާޒާއަށް ދަންނަވާކަމުގައިވަންޏާ މި ތާނގީ ނިމޭއިރުގައި ހުޅުމާލޭގައި ވެސް ދެ ދުވަހުގެ ފެން ރައްކާކުރެވިފައި ހުންނާނެ، - އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން

އެމްޑަބްލިއުއެސްސީން އެ ޓޭންކް ބިނާ ކުރުމަށް 34 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ އިރު، އެ ޓޭންކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ. އެ މަސައްކަތްކުރަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިވިޝަނުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް އެމްޑަބްލިޔުއެސްސީ އިން ބަހައްޓައިފިޚަބަރު | މަހެއް ކުރިންގދ. ދެރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިންނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޭ މަހު ފެށޭނެ: މަތީންޚަބަރު | 4 މަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނިމިއްޖެ، މަޝްރޫޢުތަކަށް 1.34 ބިލިއަން ރުފިޔާ ޚަބަރު | 7 މަސް ކުރިން