logo
E-Platinum
ކުޅިވަރު

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުންދަށުގެ ޗެންޕިއަންކަން ގުރައިދޫ ސްކޫލަށް

އަބްދުﷲ ޣާނިމް
14 ޑިސެމްބަރު 2024 - 12:33
މުބާރާތުގެ 15 ދަށުގެ ޗެންޕިއަންޓީމް ގުރައިދޫ ސްކޫލް. ފޮޓޯ: ގުރައިދޫ ސްކޫލް
މުބާރާތުގެ 15 ދަށުގެ ޗެންޕިއަންޓީމް ގުރައިދޫ ސްކޫލް. ފޮޓޯ: ގުރައިދޫ ސްކޫލް

ހޭންޑް ބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުންދަށުގެ ޗެންޕިއަންކަން ގުރައިދޫ ސްކޫލު ހޯދައިފިއެވެ. މި މުބާރާތުގެ ޗެންޕިއަންކަން ގުރައިދޫއިން ކާމިޔާބުކުރީ ފައިނަލުގައި ރެހެންދި ސްކޫލާއި ވާދަކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ގުރައިދޫ ސްކޫލް މޮޅުވީ ފަހު ސިކުންތުގައި ގޯލެއް ޖަހައި 10-9 ންނެވެ.

 

މި މުބާރާތުގެ ފައިނަލަށް ގުރައިދޫ ދަތުރުކުރީ ސެމީގައި އަހްމަދިއްޔާ ސްކޫލު ބަލިކޮށްފައެވެ. އަދި ފައިނަލަށް ރެހެންދި ސްކޫލް ދަތުރުކުރީ ސެމީގައި  ހަމަދު ސްކޫލް ބަލިކޮށްފައެވެ.

 

މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 20 ޓީމަކުން ވާދަކޮށްފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 20 ޓީމު ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުގެ އިތުރުން، ފަސް ގުރޫޕުން ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަކުން ވަނީ ފުރުސަތު ލިބިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 11 ދުވަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 14 ދުވަސް ކުރިންއިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން އެމްޕީއެލްއަށް، އަންހެން ވެމްކޯއަށްކުޅިވަރު | މަހެއް ކުރިންތޮއްޑޫގައި ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި 31 ޓީމް ވާދަކުރަނީކުޅިވަރު | މަހެއް ކުރިން