logo
Bank of Maldives

Bank of Maldives

ޚަބަރު

އިނގިރޭސި ޚަބަރެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ މަޢާފަށް އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޑިސެމްބަރު 2024 - 03:12
އިނގިރޭސި ޚަބަރެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ މަޢާފަށް އެދިއްޖެ

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ އެކަމަށް މަޢާފަށް އެދިއްޖެއެވެ.

މި ކަމާއި ގުޅިގެން ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި މަހު 10 ވަނަ ދުވަހުގެ ރޭ 19:00 ގައި އެ ކުންފުނީގެ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ހަބަރު ސެގްމެންޓްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ، ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާއި އެޑިޓޯރިއަލް ޕޮލިސީއާއި ހިލާފް ސީރިއަސް މައްސަލައެއް ކަމަށާއި އެހެންކަމުން މިކަމުގައި ޝާމިލްވާ ފަރާތްތަކާއިމެދު ކުންފުނީގެ ފަރާތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މި މައްސަލާގައި ކަންހިނގައިދިޔަގޮތް ބެލުމަށްފަހު އިހުމާލުވި 2 މުވައްޒަފަކު ސަސްޕެންޑްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.

ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މިހާރު އަމަލުކުރެވެމުންދާ އެސްއޯޕީތައް އިސްލާހުކޮށް މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބު ކުރަމުންދާ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޗާލު ދިވެހިރާއްޖެ" އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 5 ދުވަސް ކުރިންސަމާލުވޭ! ހުއްދަނެތި ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ބޭނުންކޮށްގެން ޖުވާ އިސްތިހާރު ކުރަނީޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީޚަބަރު | 4 މަސް ކުރިންޕީއެސްއެމާއި ވެލިގާ ހާޑްވެއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން