logo
E-Platinum
ޚަބަރު

އީސީގެ މެމްބަރުކަމަށް ހަސީބު އައްޔަނުކުރައްވައިފި

އާމިނަތު ޝަފާ
16 ޑިސެމްބަރު 2024 - 06:47
އީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވި ހަސީބު
އީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވި ހަސީބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް މިއަދު އައްޔަނުކުރައްވައިފިއެވެ.

މިކަން ހާމަކޮށް އެ ކޮމިޝަނުން ވަނީ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް މިއަދު ޢައްޔަނުކުރައްވާފައިވުމުން އޭނާއަށް މަރުހަބާ ދަންނަނަވާފައެވެ.

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

އީސީގެ މެންބަރު ކަމަށް އަބްދުލް ހަސީބު އައްޔަން ކުރަން ފެނޭތޯ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އޭނާ އެ މަގާމަށް ޢައްޔަނުކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރު ކަމަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު މިމަހުގެ 24 އަށް ހަމަވާތީއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފައިވާ ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 9 ދުވަސް ކުރިންލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައިޚަބަރު | 2 މަސް ކުރިންއެމްޓީޑީއަށް 3000 ހަމަނުވޭ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަތައް އީސީ އަދި އެޗްއާރްސީއެމުން ކުށްވެރިކޮށްފިޚަބަރު | 5 މަސް ކުރިން